ޝޫޖިތުގެ އާ ޕްރޮޖެކްޓަށް ބޮލީވުޑްގެ މަޝްހޫރު ތިން ބަތަލާއިން؟

ފިލްމު ޑައިރެކްޓަރު ޝޫޖިތު ސިރްކާރު އަދި ބޮލީވުޑްގެ ތިން ބަތަލާއިން ކަމަށްވާ ސުޝްމިތާ ސެން، ރާދިކާ އަޕްޓޭ އަދި އަނަންޔާ ޕާންޑޭ--ފޮޓޯ/ޓެލެގްރާފްއިންޑިއާ

އިންޑިއާގެ ކާމިޔާބު ފިލްމު ޑައިރެކްޓަރު ޝޫޖިތު ސިރްކާރު އަލަށް އުފައްދާ ފިލްމު ޕްރޮޖެކްޓަކުން، ބޮލީވުޑްގެ މަޝްހޫރު ތިން ބަތަލާއިން ފެންނާނެ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

މި ޕްރޮޖެކްޓާ ގުޅޭ ތަފުސީލުތައް ސިއްރުކޮށްފައިވާއިރު، އިތުރު އެއްވެސް މައުލޫމާތެއް ވެސް މިހާތަނަށް ރަސްމީކޮށްފައެއް ނުވެއެވެ.

ޝޫޖިތުގެ މި ފިލްމު ޕްރޮޖެކްޓާ ގުޅޭ ވާހަކަތައް ތިލަވާންފެށީ ބޮލީވުޑްގެ މަޝްހޫރު ތަރިންތައް ކަމަށްވާ ސުޝްމިތާ ސެން، ރާދިކާ އަޕްޓޭ އަދި އަނަންޔާ ޕާންޑޭއާ އެކު ޝޫޖިތު ފިލްމު ސެޓެއްގައި ހަރަކާތްތެރިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުންނެވެ.

މި ޕްރޮޖެކްޓާ ގުޅޭ މައުލޫމާތުތައް ވަރަށް ބޮޑަށް ސިއްރުކޮށްފައިވާއިރު، މި ޚަބަރާ އެކު ފިލްމީ ދާއިރާގެ ގިނަ ބައެއްގެ ސަމާލުކަން ވަނީ ޝޫޖިތުގެ މި އާ ޕްރޮޖެކްޓަށް ހުއްޓިފައެވެ.

ހަމައެއާއެކު، މިއީ ފީޗަ ފިލްމެއްތޯ، އޯޓީޓީ އެންތޮލޮޖީއެއްތޯ ނުވަތަ ފެޝަނާއި ސިނަމާ ގުޅުވައިގެން ކުރިއަށްގެންދާ ތަފާތު ތަޖުރިބާއެއްތޯ ވެސް ގިނަ ބަޔަކު ވަނީ އަހާފައެވެ.

ޝޫޖިތުގެ ފިލްމު "އައި ވޯންޓް ޓު ޓޯކް"ގެ މަންޒަރެއްގައި އަބީޝެކް ބައްޗަން--ފޮޓޯ/ޓެލެގްރާފްއިންޑިއާ

މިއީ ކޮންމެ ކަހަލަ ޕްރޮޖެކްޓަކަށްވީ ނަމަވެސް، މި އަހަރުގެ ތެރޭގައި ފިލްމީ ދާއިރާގައި އެންމެ ބޮޑު ސަމާލުކަމެއް ލިބޭނެ އެއް މަސައްކަތަކީ ޝޫޖިތު އަލަށް މަސައްކަތް ފަށާފައިވާ މި ފިލްމީ ޕްރޮޖެކްޓް ކަމަށް ބެލެވެއެވެ.

ތިން ފަހަރު މަތިން އިންޑިއާގެ ނެޝަނަލް އެވޯޑު ކާމިޔާބުކޮށްފައިވާ ޝޫޖިތު އެންމެ ފަހުން ޑައިރެކްޓްކޮށްފައި ވަނީ އަބީޝެކް ބައްޗަން ލީޑް ރޯލް ކުޅުނު ފިލްމު "އައި ވޯންޓް ޓު ޓޯކް"އެވެ. މި ފިލްމުން އަބީޝެކްއަށް މިދިޔަ އަހަރުގެ ފިލްމުފެއަ އެވޯޑުގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑުވެސް ވަނީ ލިބިފައެވެ.

އިންޑިއާގެ ކާމިޔާބު ފިލްމު ޑައިރެކްޓަރު ޝޫޖިތު ސިރްކާރުގެ އައު ޕްރޮޖެކްޓެއްގެ މަސައްކަތް ސިއްރިއްޔާތުގައި ކުރިއަށްދާކަން ވަނީ ހާމަވެފައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން ރަސްމީކޮށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައި ނުވިނަމަވެސް، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ދައްކާގޮތުގައި މި އުފެއްދުމުގައި ބޮލީވުޑްގެ މަޝްހޫރު ތިން ތަރިން ކަމަށްވާ ސުޝްމިތާ ސެން، ރާދިކާ އަޕްޓޭ އަދި އަނަންޔާ ޕާންޑޭ ހަރަކާތްތެރިވާނެއެވެ. މި ޕްރޮޖެކްޓަކީ ފީޗަ ފިލްމެއް، އޯޓީޓީ އެންތޮލޮޖީއެއް، ނުވަތަ ފެޝަނާއި ސިނަމާ ގުޅުވައިދޭ ތަފާތު އުފެއްދުމެއްކަން އަދި ކަށަވަރުވެފައެއް ނުވެއެވެ. ނަމަވެސް، މިއީ މިއަހަރު ފިލްމީ ދާއިރާގައި އެންމެ ބޮޑު ސަމާލުކަމެއް ލިބިގެންދާނެ އެއް މަސައްކަތްކަމަށް ބެލެވެއެވެ. ނެޝަނަލް އެވޯޑު ތިން ފަހަރު ހާސިލުކޮށްފައިވާ ޝޫޖިތު އެންމެ ފަހުން ޑައިރެކްޓްކޮށްފައިވަނީ ކާމިޔާބު ފިލްމު "އައި ވޯންޓް ޓު ޓޯކް" އެވެ.

  • ޝޫޖިތު ސިރްކާރުގެ އައު ޕްރޮޖެކްޓެއްގެ މަސައްކަތް ފަށައި، އެކަމުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
  • މި އުފެއްދުމުގައި ސުޝްމިތާ ސެން، ރާދިކާ އަޕްޓޭ އަދި އަނަންޔާ ޕާންޑޭ ހަރަކާތްތެރިވާނެކަން ވަނީ ޔަގީންކުރެވިފައެވެ.
  • ޕްރޮޖެކްޓްގެ ބާވަތާއި ތަފުސީލުތައް އަދިވެސް ވަނީ ސިއްރުކުރެވިފައެވެ.
  • މިއީ މިއަހަރުގެ އެންމެ އުންމީދީ އެއް ފިލްމީ މަސައްކަތްކަމަށް ދާއިރާގެ ފަރާތްތަކުން ލަފާކުރެއެވެ.
  • ޝޫޖިތުގެ އެންމެ ފަހުގެ އުފެއްދުމަކީ އަބީޝެކް ބައްޗަންއާއެކު ގެނެސްދިން ފިލްމު "އައި ވޯންޓް ޓު ޓޯކް" އެވެ.
comment ކޮމެންޓް