ކޮންމެ މީހަކަށް ވެސް އެންމެ ބޮޑު ހިތްހަމަޖެހުމަކަށް ވާނީ، އަމިއްލަ ގޭގައި އަރާމުކޮށްލަން ލިބުމުންނެވެ. އެ ގެއަކީ އެ މީހަކު އެންމެ ބޭނުންވާ ގޮތަށް، އެންމެ ރީތި އަދި ފަސޭހަ ގޮތަކަށް ޒީނަތްތެރިކުރެވިފައިވާ ގެއަކަށް ވުމުންނެވެ. އެ ހުވަފެން ހަގީގަތަކަށް ހެދުމުގައި، މުޅިން އާ، ޒަމާނީ ހޯމް ޑެކޯ ފިހާރައެއް ކަމަށްވާ 'ބޯހޯމް ލިވިން'އިން އެހީއަކަށް ވާނެއެވެ.

ބޯހޯމްއިން، ރީތި ގޮތަކަށް ގޭތެރެ ދިއްލާލުމަށް ބޭނުންވާ ލައިޓްތައް ލިބެން ހުންނާނެ --
ފެންވަރު ރަނގަޅު ތަކެތި ހޯދަން އާ މަންޒިލެއް
ބޯހޯމް ލިވިންގެ ޚާއްޞަ ސިފައަކީ އެ ފިހާރައިން ލިބެން ހުރި ތަކެތީގެ ތަފާތުކަމާއި، ފެންވަރެވެ. އެގޮތުން އެ ތަކެތީގައި ހުންނަ، ބަލައިލަން ފަސޭހަ ކުލަތަކާއި އެ ތަކެތި އުފައްދާފައިވާ ގުދުރަތީ ވަސީލަތްތަކުގެ ސަބަބުން ފުރިހަމަކަން އިތުރުކޮށްދެއެވެ. އެ މީހެއްގެ ގެއަށް 'ލަގްޒަރީ' ސިފަތައް ގެންނަން ބޭނުންވާ ނަމަ، ބޯހޯމް ޑެކޯއިން ލިބެން ހުންނަ އައިޓަމްތައް ޚިޔާރު ކުރެވޭނެއެވެ.

ބޯހޯމް ލިވިންއިން ލިބެން ހުންނަ ބައެއް ތަކެތި --
މި ފިހާރައިން ލިބޭ ބައެއް ތަކެތީގެ ތެރޭގައި:
* އެންމެ ފަހުގެ ސްޓައިލްތަކުގެ ފަރުނީޗަރު: ގެއަށް ހިތްގައިމުކަން ގެނެސްދޭ ޒަމާނީ ފަރުމާގެ ސޯފާތަކާއި މޭޒުތައް.
* އާޓިސްޓިކް ލައިޓިންގ: ގޭތެރޭގެ މާހައުލު ބަދަލުކޮށްލާނެ ފެންވަރު ރަނގަޅު ލޭމްޕްތަކާއި ޝާދަލިއާތައް
* ތަފާތު ހޯމް އެކްސެސަރީސް: ފާރުތަކާއި މޭޒުމަތީގައި ބަހައްޓާލާނެ ޑިޒައިނާ ޕީސްތައް، ވޭސް އަދި އެހެނިހެން ހިތްގައިމު ސާމާނު.
* ޕްރިމިއަމް ޓެކްސްޓައިލްސް: ގެއަށް އުފާވެރިކަން ގެނެސްދޭ ކުލަތަކުން ފަރުމާކޮށްފައިވާ ކުޝަންތަކާއި ދޮރުފޮތިތައް.
"ބޯހޯމް ލިވިން" ހުޅުވުމުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ ކަސްޓަމަރުންނަށް އެ މީހުންގެ ހުވަފެނީ ގެތައް ބިނާކުރުމަށް އެހީތެރިވެދިނުމެވެ. ޓްރެންޑީ އަދި ކްލެސިކް ޑިޒައިންތަކުގެ ބޮޑު ކަލެކްޝަނަކާއެކު، ބޯހޯމްގައި ކޮންމެ މީހަކަށް ވެސް ކަމުދާނެ ކޮންމެވެސް އެއްޗެއް ހުންނާނެކަން ޔަގީނެވެ.

ބޯހޯމް ލިވިންއިން ލިބެން ހުންނަ ބައެއް ތަކެތި --
ބޯހޯމްގެ މެނޭޖްމަންޓުން ބުނާ ގޮތުގައި، މި ފިހާރައިން ލިބޭ ތަކެއްޗަކީ ހަމައެކަނި ރީތި އެއްޗެހިތަކެއް ނޫނެވެ؛ އެއީ ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ، ފެންވަރު ރަނގަޅު އަދި ކޮންމެ ގެއަކަށްވެސް ''ޝާހީ'' އިހުސާސެއް ގެނެސްދޭނެ ތަކެއްޗެވެ.

ބޯހޯމް ލިވިން ހުންނަނީ މާލޭގެ ބޯޅަޖެހި ސްޓޯރު ކައިރީގައި --
މާލޭގެ ބޯޅަޖެހި ސްޓޯރު ކައިރީ ހުންނަ މއ. ފެޝަންފުރުޓް ގޭގައި ހުޅުވައިފައިވާ މި ފިހާރައަށް ޒިޔާރަތްކޮށް، އާ ކަލެކްޝަންތައް ބަލާލުމަށް އާންމުންނަށް މިހާރު ވަނީ ހުޅުވާލައިފައެވެ. ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންވާ ފަރާތްތަކަށް، ބޯހޯމް ވެގެންދާނީ އެންމެ ފަހުގެ ޓްރެންޑުތަކާއެކު އެންމެ މަތީ ފެންވަރުގެ ހޯމް ޑެކޯ ލިބޭނެ އެންމެ ފުރިހަމަ މަންޒިލަށެވެ.