ހިތަދޫ އުތުރު ދާއިރާއަށް އިންތިޚާބުވި ސޯބެ މަގާމުގެ ހުވާ ކުރައްވައިފި

އަބްދުﷲ ސޯދިގު (ސޯބެ) މަގާމުގެ ހުވާ ކުރެއްވުން: އޭނާ ވަނީ މިއަދު ޖަލްސާގައި ބައިވެރިވެވަޑައިގެންފައި --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން ދާދިފަހުން ބޭއްވި ބައި-އިލެކްޝަން ކާމިޔާބުކުރެއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް އަބްދުﷲ ޞާދިގު (ސޯބެ) މިއަދު ވަނީ މަގާމުގެ ހުވާކުރައްވައި މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ. މި ގޮނޑިއަކީ ކުރިން އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި މުހައްމަދު ސިނާންގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏެއް ކޯޓު ހުކުމާ އެއްގޮތަށް އަދާކުރައްވާފައި ނުވާތީ، ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެން އޭނާގެ މެންބަރުކަމުގެ ޝަރުތު އުނިވުމުގެ ސަބަބުން ހުސްވި ގޮނޑިއެކެވެ. އައްޑޫ ސިޓީގެ މޭޔަރުކަމުގެ މަގާމު ވިދިވިދިގެން ތިން ދައުރު އަދާކުރައްވާފައިވާ އަބްދުﷲ ޞާދިގަކީ ސިޔާސީ މައިދާނުގައި ތަޖުރިބާކާރު ބޭފުޅެކެވެ. މިއީ އޭނާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެއްގައި ވާދަކުރައްވައި ކާމިޔާބު ހޯއްދެވި ފުރަތަމަ ފަހަރެވެ. މަގާމުގެ ހުވާކުރެއްވުމަށްފަހު އޭނާ ވަނީ، މަޖިލީހުގެ ތެރެއިން ސަރުކާރު ޒިންމާދާރުކުރުވުމުގެ މަސައްކަތް ހަރުދަނާގޮތެއްގައި ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

  • އިންތިޚާބު ކާމިޔާބުކުރެއްވީ 1375 ވޯޓު (51 އިންސައްތަ) ހޯއްދަވައިގެންނެވެ.
  • ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސައީދަށް ލިބިވަޑައިގަތީ 1313 ވޯޓެވެ.
  • އަބްދުﷲ ޞާދިގު ވަނީ މީގެ ކުރިން އައްޑޫ ސިޓީގެ މޭޔަރުކަން ތިން ދައުރު ކުރައްވައިފައެވެ.
  • މަޖިލީހުގައި ސަރުކާރު ޒިންމާދާރުކުރުވުމަށް މަސައްކަތްކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
  • މި ބަދަލާއެކު މަޖިލީހުގައި އެމްޑީޕީގެ މެންބަރުންގެ އަދަދު 13 އަށް އިތުރުވެ، ޕީއެންސީގެ އަދަދު 74 އަށް ވަނީ މަދުވެފައެވެ.
  • ހިތަދޫ އުތުރު ދާއިރާގެ އައު މެންބަރަކީ އަބްދުﷲ ޞާދިގު.
  • ގޮނޑި ހުސްވީ ކުރީގެ މެންބަރުގެ ޝަރުތު އުނިވުމުން.
  • މަޖިލީހުގައި އިދިކޮޅު އެމްޑީޕީގެ ނިސްބަތް ވަނީ އިތުރުވެފައި.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާއަށް ބޭއްވި ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އަބްދުﷲ ޞާދިގު (ސޯބެ) މިއަދު މަގާމުގެ ހުވާ ކުރައްވައިފިއެވެ.

މިއަދު ބާއްވާ މަޖިލީހުގެ ޖަލްސާގައި ސޯބެ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުކަމުގައި ކުރިން ހުންނެވި މުހައްމަދު ސިނާންގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏެއް ހުކުމާ އެއްގޮތަށް ދައްކާފައި ނުވާތީއެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުން 12 އޭޕްރިލްގައި ކުރި ހުކުމާ ގުޅިގެން ސިނާންގެ މެންބަރުކަމުގެ ޝަރުތު ވަނީ އުނިވެފައެވެ.

https://sun.mv/222944

އެ ދާއިރާގައި މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ބައި-އިލެކްޝަންގައި ސޯބެ މި ގޮނޑި ކާމިޔާބު ކުރެއްވީ ވޯޓުލީ މީހުންގެ 51 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ. އެއީ ޖުމްލަ 1375 ވޯޓެވެ. އޭނާއާ ވާދަކުރެއްވި ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓު އަހުމަދު ސައީދު (ސޮޑާ) އަށް ލިބިވަޑައިގަތީ 48 އިންސައްތަ ވޯޓެވެ. އެއީ 1313 ވޯޓެވެ.

އިންތިޚާބުގެ ކާމިޔާބީއަށްފަހު ވާހަކަ ދައްކަވަމުން ސޯބެ ވިދާޅުވީ މަޖިލީހުގެ ތެރެއިން ސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

https://sun.mv/221417

ސޯބެ ވަނީ މީގެ ކުރިން އައްޑޫ ސިޓީގެ މޭޔަރުގެ މަގާމު ވިދިވިދިގެން ތިން ދައުރު އަދާކުރައްވާފައިއެވެ. މިއީ އޭނާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެއްގައި ވާދަކުރެއްވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ސޯބެ މަޖިލީހާ ގުޅިވަޑައިގަތުމާއެކު އެމްޑީޕީގެ މެންބަރުންގެ އަދަދު ވަނީ 13އަށް އިތުރުވެފައެވެ. އެ މަޖިލީހުގައި ވެރިކަން ކުރާ ޕީއެންސީގެ މެންބަރުންގެ އަދަދު ވަނީ 74އަށް މަދުވެފައެވެ.

comment ކޮމެންޓް