ވޯލްޑް ކަޕަށް ތައްޔާރުވުމަށް އެމެރިކާގެ ފްލޮރިޑާގެ ޕާމް ބީޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ހިމެނޭ ޕޯޗުގަލް ޓީމުން ކުރިއަށްގެންދާ ފަރިތަކުރުންތަކުގެ ސަރަހައްދުން ތަކުރާރުކޮށް ކިނބޫ ފެންނަމުންދާތީ، އެ ޓީމުގެ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. ޕްރެކްޓިސް ކުރާ ދަނޑުތަކާއި މަގުތަކުގެ ކައިރިން މިހާތަނަށް ހަތަރު ކިނބޫ ފެނިފައިވާއިރު، ބައެއް ކުޅުންތެރިން ވަނީ ބިރުން ހޮޓެލް ކޮޓަރިން ބޭރަށް ނުކުތުމަށް އިންކާރުކޮށްފައެވެ. މިކަމާ ގުޅިގެން ކޭމްޕްގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޓީމުން އަންނަނީ ކުރަމުންނެވެ. ނަމަވެސް ޕޯޗުގަލްގެ ފުޓްބޯޅަ ފެޑަރޭޝަނުން މިހާތަނަށް ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.
- ފްލޮރިޑާގެ ޕާމް ބީޗުގައި ކުރިއަށްދާ ޕޯޗުގަލް ޓީމުގެ ތަމްރީނު ކޭމްޕުން ހަތަރު ކިނބޫ ފެނިއްޖެއެވެ.
- ކިނބޫ ފެނުމުގެ ސަބަބުން ކުޅުންތެރިންގެ މެދުގައި ބިރުވެރިކަން އުފެދި، ބައެއް ކުޅުންތެރިން ކޮޓަރިން ނުކުތުމަށް ދެކޮޅުހަދާފައިވެއެވެ.
- ކުޅުންތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކޭމްޕްގެ ސެކިއުރިޓީ ވަރުގަދަކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
- މި ހާދިސާއާ ގުޅިގެން ޕޯޗުގަލްގެ ފުޓްބޯޅަ ފެޑަރޭޝަނުން އަދި އެއްވެސް ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.
ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާގެ ފްލޮރިޑާގެ ޕާމް ބީޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލް ފުޓުބޯޅަ ޓީމުން ކުރިއަށްގެންދާ ތަމްރީނު ކޭމްޕް ސަރަހައްދުން ތަކުރާރުކޮށް ކިނބޫ ފެންނަމުންދާތީ އެ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ކަންބޮޑުވުން ފާޅުކުރަމުން އަންނަކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ޕޯޗުގަލް ޓީމާއި ހަވާލާދީ ޕޯޗުގަލްގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޕްރެކްޓިސް ކުރާ ދަނޑުތަކާއި ހިނގާ މަގުތަކުގެ ކައިރިން މިހާތަނަށް ހަތަރު ކިނބޫ ފެނިފައިވެއެވެ. މިކަމުގެ ސަބަބުން ކުޅުންތެރިންގެ މެދުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ހާދިސާތަކާ ގުޅިގެން ބައެއް ކުޅުންތެރިން ވަނީ އެމީހުން ތިބޭ ހޮޓެލް ކޮޓަރިތަކުން ބޭރަށް ނުކުތުމަށް ވެސް އިންކާރުކޮށްފައެވެ.
"ހަތަރު ކިނބޫ" ފެނިފައިވާ ކަމަށް ރިޕޯޓްތައް ބުނާއިރު، މިއީ ކުޅުންތެރިންގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދިފައިވާ ކަމެކެވެ.
ޕޯޗުގަލް ޓީމުން މިހާރު ދަނީ މިކަމާ ގުޅިގެން ކޭމްޕްގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުންނެވެ.
ނަމަވެސް މިހާތަނަށް މިކަމާ ގުޅޭ ގޮތުން ޕޯޗުގަލްގެ ފުޓްބޯޅަ ފެޑަރޭޝަނުން ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.