ދިވެހި އުންމަތުގެ ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ، ދިވެހިންގެ މެދުގައި އޮންނަ އެއްބައިވަންތަކަމާއި އަހުވަންތަކަމުގެ މައްޗަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ހިޖުރީ އައު އަހަރާއި ގުޅިގެން ރައީސް މިރޭ ފޮނުއްވި ހިތާބެއްގައި ވިދާޅުވީ މީގެ 1400 އަހަރު ކުރިން މާތް ނަބިއްޔާ މުހައްމަދު ސއވ އާއި އެކަލޭގެފާނުގެ އަސްހާބުން މައްކާ ދޫކުރައްވާ މަދީނާ އަށް ކުރެއްވި ހިޖުރައަކީ ބައިބައިވުމުމާއި އެއްބައިވަންތަކަމަށް އިސްލާމީ މުޅި އުންމަތް ހުޅުވައިލަދިން އިންގިލާބީ ބަދަލެއްގެ ފެށުން ކަމަށެވެ.
އެއީ، އެތައް އިބުރަތްތަކެއް ލިބިދިން ވަރަށް ތާރީހީ ހާދިސާއެއް ކަމަށްވެސް ރައީސްގެ ހިތާބުގައި ފާހަގަކުރެއްވިއެވެ. އެ ހާދިސާއިން ދަސްކޮށްދެނީ، ކިތަންމެ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ކެތްތެރިކަމާއެކު އިލާހީ މަގުގައި ސާބިތުވެ ތިބުމުން ނުކުންނާނެ ފޮނި ނަތީޖާ ކަމަށް ރައީސް ވިދާޅުވިއެވެ.
"މީގެ އަހަރުތަކެއް ކުރިން މަދީނާގެ އަންސާރީންނާއި މުހާޖިރުން ދެއްކެވި ފަދަ ލާމަސީލު އެކުވެރިކަމާއި، އޯގާތެރިކަމާއި، އެކަކު އަނެކަކަށް އެހީތެރިވުމުގެ މަތިވެރި ރޫހު މިއަދު އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހި މުޖުތަމައުގައި ދިރުވަން އެބަޖެހެއެވެ،" ރައީސް ވިދާޅުވިއެވެ.
ސިޔާސީ ގޮތުންނާއި، އިޖުތިމާއީ ގޮތުން އުފެދޭ ހިޔާލުތަފާތުވުންތަކާއި ބައިބައިވުންތައް އެއްކިބާކޮށް، ގައުމީ މަސްލަހަތު ހުރިހާ ކަމަކަށްވުރެ ކުރިއަށް ނެރުމަކީ، މިއަދުގެ މުނާސަބަތުން ދިވެހިން ހާސިލުކުރަންވީ އެންމެ މުހިންމު ފިލާވަޅު ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. ގައުމެއް ބިނާކޮށް އާރާސްތު ކުރެވޭނީ އެންމެންގެ ހިތްތައް ސާފުވެ، އެއް އަމާޒަކަށް ދިޔުމަށް އަތުގުޅާލައިގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ނަމާދު ވަގުތަށް ކުޅިވަރު ކުޅުން 20 މިނެޓަށް މެދުކަނޑާލަން އަންގައިފި
ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި
އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރުމަކީ ބޭނުންތެރި ކަމެއް