ޕްރޮގްރެސިވް ކޮންގްރެސް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް އިސްތިއުފާ ދެއްވައިފިއެވެ.
އޭނާ އިސްތިއުފާ ދެއްވީ ހަމައެކަނި ޕާޓީގެ އެސްޖީ ކަމަކުން ނޫނެވެ. އޭނާ ވަނީ އެޕާޓީން ވެސް ވަކިވެވަޑައިގެންފައެވެ. ތޮލާލް ޕީޕީއެމް އިން ވަކިވެވަޑައިގަތީ ރައީސް ޑރ. މުހައްމަދު މުއިއްޒު އޭނާ ކޮމިޝަނަރު އޮފް ސްޕޯޓްސްގެ މަގާމަށް އައްޔަން ކުރެއްވުމާއި ގުޅިގެންނެވެ.
ޕީޕީއެމްގެ އޮފިޝަލަކު މީޑިއާތަކަށް ހާއްސަކޮށް ހަދާފައިވާ ވަޓްސްއަޕް ގްރޫޕުގައި ވިދާޅުވީ ޕާޓީގައި ނުހުރެވޭނެ މަގާމަކަށް ވަޑައިގަންނަވާތީ އިލެކްޝަންސް ކޮމިޝަންސްގައި އަމިއްލަ އަށް އެދިވަޑައިގެން ތޮލާލް ޕީޕީއެމް އިން ވަކިވެވަޑައިގެންފައިވާ ކަމަށެވެ.
ކުޅިވަރު ގާނޫނު ބުނާ ގޮތުގައި ބުނެފައި ވަނީ ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރައްވާ ބޭފުޅަކީ އެއްވެސް ސިޔާސީ މަގާމެއްގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީވެފައިވާ މީހަކަށް ވެގެން ނުވާނެ ކަމަށެވެ.
ރޭ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޔާމީންގެ ފަރާތުން އުފެއްދި ސްޓިއަރިން ކޮމެޓީގެ މެންބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތޮލާލް ޕާޓީގެ އެސްޖީ ކަމުގައި ހުންނެވުމަށް އުޒުރުވެރިވާ ކަމަށް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އައްބާސް އާދިލް ރިޒާ ވިދާޅުވިއެވެ. ނަމަވެސް ރޭ ނޫސްވެރިން އެ ވާހަކަތައް ތޮލާލްއާ ކުރުމުން އޭނާ ވަނީ އެކަން ދޮގު ކުރައްވާފައެވެ.
ނަމާދު ވަގުތަށް ކުޅިވަރު ކުޅުން 20 މިނެޓަށް މެދުކަނޑާލަން އަންގައިފި
ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި
އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރުމަކީ ބޭނުންތެރި ކަމެއް