Hathaavees
Hathaavees
އިންޑިއާއިން ރާއްޖެއަށް 20،000 ޑޯޒްގެ ހިމަބިހީގެ ވެކްސިން ހަދިޔާކޮށްފި
                    <description>ދިވެހިރާއްޖޭގައި ހިމަބިހި ފެތުރުން ހުއްޓުވުމަށް އެހީތެރިވުމުގެ ގޮތުން، އަވަށްޓެރި އިންޑިއާ ސަރުކާރުން 20،000 ޑޯޒްގެ ވެކްސިނާއި ތިން ޓަނުގެ ބޭސްފަރުވާގެ ސާމާނު މިއަދު ރާއްޖެއަށް ފޯރުކޮށްދީފިއެވެ.
މި ތަކެއްޗާ ހަވާލުވުމަށް ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ދިވެހި ދައުލަތުގެ ފަރާތުން މި އެހީއާ ރަމްޒީގޮތުން ހަވާލުވެވަޑައިގެންނެވީ ސިއްހީ ވަޒީރު ގީލާ އަލީއެވެ. އިންޑިއާގެ ފަރާތުން މި އެހީ ހަވާލުކޮށްދެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖީ. ބަލަސުބްރަމާނިއަމްއެވެ.
ހެލްތު...</description>
ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ބްރޭކް ވޯޓާ ހެދުމުގެ މަސައްކަތް އެފްކޮންސަށް
                    <description>އިންޑިއާގެ މަޝްހޫރު އިންޖިނިއަރިން އަދި ކޮންސްޓްރަކްޝަން ކުންފުނި، އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޓެޑަށް ތާރީހޯ ބޮޑު މަޝްރޫއެއް އަނެއްކާވެސް ލިބިއްޖެއެވެ.
އެގައުމުގެ މަހާރާޝްތުރާގައި އަލަށް ތަރައްގީކުރާ "ވަދްވާން ޕޯޓް" ގައި 10.14 ކިލޯމީޓަރުގެ ދިގު ބްރޭކްވޯޓަރެއް (ބޮޑުތޮށި) ބިނާކުރުމުގެ މަސައްކަތް "ވަދްވާން ޕޯޓް ޕްރޮޖެކްޓް ލިމިޓެޑް" އިން އިއްޔެ ވަނީ އެފްކޮންސްއާ ހަވާލުކޮށްފައެވެ.
މި ބިޔަ މަޝްރޫއުގެ ޖުމްލަ އަގަކީ 5,301 ކްރޯޑް ރުޕީސް (ގާތްގަނޑަކަށް 632 މިލިއަން އެމެރިކާ ޑޮލަރު) އެވެ. މި...</description>
ޝައްމާން ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތު: އިހުސާން
                    <description>ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން، މި ސަރުކާރުގެ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނާއި ގުޅޭ ގޮތުން ދައްކަވާފައިވާ ވާހަކަތަކަކީ ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް ކަމަށް އިހުސާން ވިދާޅުވެއްޖެއެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ޝައްމާން 25 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައެވެ.
އޭނާގެ މައްޗަށް މި ހުކުމް އައީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބިދޭސީއަކު މިނިވަންކުރުމަށްފަހު، އެ މީހާގެ އަތުން ފަސް ލައްކަ ރުފިޔާ ފޭރިގަތުމުގައި ބައިވެރިވި...</description>
މޯދީގެ ތާރީހީ ކާމިޔާބީއާ ގުޅިގެން ޝާހިދުގެ މަރުހަބާ
                    <description>މަގާމުގައި މެދުކެނޑުމެއްނެތި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި އިންޑިއާގެ ބޮޑުވަޒީރުކަމުގެ ޝަރަފު ނަރެންދުރަ މޯދީ ހޯއްދެވުމާ ގުޅިގެން، ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.
ބޮޑުވަޒީރު މޯދީ ޖެހިޖެހިގެން 4،399 ދުވަސް ވަންދެން މަގާމުގައި ދެމިހުންނެވި މި ތާރީހީ ދުވަހާ ގުޅިގެން ޝާހިދު  އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ކާމިޔާބީން ރަމްޒުކޮށްދެނީ އާންމު ހިދުމަތުގައި މޯދީ ހޭދަކުރެއްވި ދިގު...</description>
ތާރީހީ ރެކޯޑަކާއެކު މޯދީގެ 12 އަހަރު: ބަދަލުވަމުންދާ އިންޑިއާ އާއި ސަރަޙައްދީ އެކުވެރިކަން
                    <description>އިންޑިއާގެ ސިޔާސީ ތާރީޚުން މިއަދު ފެނިގެން މިދަނީ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ފަދަ އާ ބާބެކެވެ. އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިވަނީ މެދުކެނޑުމެއްނެތި ބޮޑުވަޒީރުކަމުގެ މަގާމުގައި 4،399 ދުވަސް ހޭދަކުރައްވައި، ތާރީޚީ ބޮޑު ރެކޯޑެއް ގާއިމުކުރައްވާފައެވެ. މިއާއެކު، އެމަނިކުފާނު ވެވަޑައިގެންފައިވަނީ އިންޑިއާގެ ތާރީޚުގައިވެސް އެންމެ ދިގު މުއްދަތަކަށް، މެދުކެނޑުމެއްނެތި ވެރިކަން ކުރެއްވި ޑިމޮކްރެޓިކް ބޮޑުވަޒީރަށެވެ.
އިންޑިއާއަށް މިނިވަންކަން ލިބުނު ފަހުން އުފަންވި ފުރަތަމަ ބޮޑުވަޒީރުގެ ޝަރަފު ހޯއްދަވާފައިވާ މޯދީއަކީ، 2001...</description>
މަޖިލިސް ނާއިބުކަން އެއްވެސް އިރެއްގައި ބޭނުމެއް ނޫން، މަގާމާ ހަވާލުވީ މަސްލަހަތަށްޓަކައި: ސަލީމް
                    <description>ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސްކަމަކީ އެއްވެސް އިރެއްގައި ބޭނުންވި މަގާމެއް ނޫން ކަމަށާއި އެހެންނަމަވެސް އެ މަގާމާއި ހަވާލުވެވަޑައިގަތީ ޕާޓީގެ މަސްލަހަތަށްޓަކައި ކަމަށް ދާދިފަހުން މަޖިލިސް ނާއިބު ކަމަށް އިންތިހާބު ކުރެއްވި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ހަރުގޭގައި މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ މަޖިލީހުގެ ނާއިބު ރައީސްކަން ބޭނުންނުވާ އެތައް ސަބަބުތަކެއް އެބަހުރި ކަމަށެވެ. އަދި އޭނާއަކީ އަމިއްލަ...</description>
މެންބަރު އަސްމާގެ ކިބައިން ރައީސް މައާފަށް އެދިވަޑައިގެންފި
                    <description>މާފަންނު މެދު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަސްމާ ރަޝީދު (އަސްމާއްތަ)ގެ ކިބައިން ރައީސް ޑރ. މުހައްމަދު މުއިއްޒު މައާފަށް އެދިވަޑައިގެންފިއެވެ.
މިކަން ހާމަކުރެއްވީ މިރޭ ޕީއެންސީ ޖަގަހާގައި ބޭއްވި ޖަލްސާއެއްގައި މަޖިލީހުގެ ނާއިބު ރައީސްކަމަށް ދާދިފަހުން އިންތިހާބު ކުރެއްވި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ.
ސަލީމް މިރޭ ވިދާޅުވީ ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ނިމުނު ފަހުން ޕީއެންސީގެ ބައެއް ބޭފުޅުންގެ މެދުގައި އަސްމާއްތަ ދެކެ...</description>
މި ހުރީ ހަމަ ވަރަށް ގަދަކޮށް ރައީސް މުއިއްޒާއެކު: ޒަމީރު
                    <description>ފިނޭންސް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް ހުންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ކަމަށް މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ޒަމީރު މަގާމުން އިސްތިއުފާ ދެއްވެވީ އިއްޔެގެ ވަގުތެއްގައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ޒަމީރު ވިދާޅުވީ އެމަނިކުފާނު އިސްތިއުފާ ދެއްވެވީ ސިއްހީ ސަބަބުތަކަކާއި ގުޅިގެން ކަމަށެވެ.
އިސްތިއުފާ އަށް ފަހު ފުރަތަމަ ފަހަރަށް މީޑިއާގެ ކުރިފުޅުމަތީ ހުންނަވާ ޒަމީރު މިރޭ ވަނީ ވާހަކަދައްކަވާފައެވެ. ޕީއެންސީން މިރޭ ބޭއްވި...</description>
ކުރީގެ ކޮންޓްރޯލާ ޝައްމާންގެ މައްޗަށް 25 އަހަރު ދުވަހުގެ ޖަލު ހުކުމެއް
                    <description>ކުރީގެ ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު 25 އަހަރުގެ މުއްދަތަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ހުކުމް އިއްވާފައެވެ.
އޭނާގެ މައްޗަށް މި ހުކުމް އައީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބިދޭސީއަކު މިނިވަންކުރުމަށްފަހު، އެ މީހާގެ އަތުން ފަސް ލައްކަ ރުފިޔާ ފޭރިގަތުމުގައި ބައިވެރިވި މައްސަލައިގައެވެ. ދައުލަތުން ބުނާ ގޮތުގައި އެ ފައިސާ ޝަމްއާންގެ ގެއަށް ގެންގޮސްފައިވަނީ އިމިގްރޭޝަންގެ މުވައްޒަފުންތަކެކެވެ.
މި މައްސަލައިގައި ޝަމްއާންގެ މައްޗަށް ތިން...</description>
ފިނޭންސް މިނިސްޓަރުކަމުގެ މަގާމަށް ޓެކްސް ކޮމިޝަނަރު ޒަރީރު
                    <description>ފިނޭންސް މިނިސްޓަރުކަމުގައި ހުންނެވި މޫސާ ޒަމީރު އެ މަގާމުން އިސްތިއުފާ ދެއްވުމުން އެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.
ފިނޭންސް މިނިސްޓަރުކަމަށް އައްޔަން ކުރެއްވީ ހަސަން ޒަރީރެވެ. ޒަރީރު އެ މަގާމަށް އައްޔަން ކުރެއްވުމާއި ހަމައަށް ހުންނެވީ ކޮމިޝަނަރު އޮފް ޓެކްސްސޭޝަންގެ މަގާމުގައެވެ.
ފިނޭންސް މިނިސްޓަރުކަމުގައި ހުންނެވި ޒަމީރު ރައީސް މުއިއްޒަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައި ވަނީ މަގާމުން އިސްތިއުފާ ދެއްވެވީ ސިއްހީ ސަބަބުތަކަކާއި ގުޅިގެން...</description>
ފިނޭންސް މިނިސްޓަރުކަމުން ޒަމީރު އިސްތިއުފާ ދެއްވައިފި
                    <description>ފިނޭންސް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި މޫސާ ޒަމީރު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޒަމީރު ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައި ވަނީ އޭނާ އެ މަގާމުން އިސްތިއުފާ ދެއްވެވީ ސިއްހީ ސަބަބުތަކަކާއި ގުޅިގެން ކަމަށެވެ.
މި ސަރުކާރުގައި ޒަމީރު އެންމެ ފުރަތަމަ ހުންނެވީ ފޮރިން މިނިސްޓަރުކަމުގެ މަގާމުގައެވެ. ފިނޭންސް މިނިސްޓަރުކަމަށް ޒަމީރު އައްޔަން ކުރެއްވީ 2024ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30ވަނަ ދުވަހުއެވެ.
ޒަމީރު އެ މަގާމުން...</description>
އެކަނި ރިޔާސީ އިންތިހާބު ކާމިޔާބު ނުވާނެ ކަމަށް ބުނުމަކީ ޕާޓީއަށް ބުނެވޭ ބަދުބަހެއް: ނަޝީދު
                    <description>އެމްޑީޕީން އެކަނި ނިކުމެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެއްކެވި ވާހަކަފުޅަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ. 
ނަޝީދު މިފަދައިން ވިދާޅުވީ ގދ. ފަރެސްމާތޮޑާގައި ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ސޯލިހް މި ވާހަކަފުޅު ދެއްކެވީ ރޭ ބޭއްވި މީކާއީލް ނަސީމްގެ ކެމްޕެއިން ޖަލްސާއެއްގައެވެ. އެ ޖަލްސާގައި ސޯލިހް ވިދާޅުވީ އެމްޑީޕީއަށް އެކަނި ނިކުމެ...</description>
ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ބައި އިލެކްޝަން ސޯބެ ކާމިޔާބުކޮށްފި
                    <description>އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވަނީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރައްވައިފިއެވެ.
މި ދާއިރާގެ ގޮނޑި ހުސްވާން މެދުވެރިވީ ކުރިން އެ ގޮނޑި ފުރުއްވި ޕީއެންސީގެ މެމްބަރު އަހުމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތުމުން، އޭނާގެ މެމްބަރުކަން ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.
މިއަދު ކުރިއަށްދިޔަ މި އިންތިހާބުގައި ވާދަކުރެއްވީ ސަރުކާރުގެ ފަރާތުން އަހުމަދު ސައީދު (ސޮޑާ)...</description>
އެފްކޮންސް: ގޮންޖެހުން ބޮޑެތި މަސައްކަތްތައް ކުރުމަށް ފަންނީ އަދި އިލްމީ ގާބިލް ކުންފުންޏެއް
                    <description>ކޮންސްޓްރަކްޝަން ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ނަންހިނގާ ކުންފުންޏެއްގެ ގޮތުގައި އެފްކޮންސް އިންފްރާސްޓްރަކްޗާ ބެލެވެނީ ހަމައެކަނި އެކުންފުނިން ހިންގާ މަޝްރޫއުތަކުގެ ބޮޑުމިނަކުން ނޫނެވެ. އެހެންނަމަވެސް، އެހެން ކުންފުނިތަކަށް ކުރަން އުނދަގޫ، "ހައި-ރިސްކް" ނުވަތަ ފަންނީ ގޮތުން އިންތިހާއަށް ގޮންޖެހުން ބޮޑު މާހައުލުތަކުގައި އެކުންފުނިން ދައްކުވައިދޭ ތަފާތު އިންޖިނިއަރިންގް ހައްލުތަކުގެ ސަބަބުންނެވެ.
ޝާޕޫރްޖީ ޕައްލޮންޖީ ގްރޫޕުގެ ބައެއްގެ ގޮތުގައި މަސައްކަތްކުރާ މި ކުންފުންޏަކީ އުނދަގޫ ބިންތަކާއި، ގަދަ އޮއިވަރުގެ ތެރޭގައި ބިޔަ އޮނިގަނޑުތައް ކާމިޔާބުކަމާއެކު...</description>
އަގްސާ މިސްކިތުގައި އިޒްރޭލުން ހިންގާ ހަމަނުޖެހުންތައް ކުށްވެރިކޮށްފި
                    <description>އިޒުރޭލުގެ ހަތިޔާރު އެޅި ސިފައިންގެ އެހީތެރިކަމާއެކު އެ ގައުމުގެ ހަރުކަށި ވަޒަންވެރިން އަލްއަގްސާ މިސްކިތުގެ ހަރަމްފުޅަށް ވަދެގަނެ، އެތަނުގައި އިޒުރޭލުގެ ދިދަ އުފުލައި ނަމާދުކުރަންދާ މުސްލިމުންނަށް އުނދަގޫ ކުރަމުންދާ ދިއުން ދިވެހި ސަރުކާރުން މިއަދު ކުށްވެރިކޮށްފިއެވެ.
ސަރުކާރުން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، އިޒުރޭލުގެ މި އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އުސޫލުތަކާ ސީދާ ހިލާފު ކަންތައްތަކެކެވެ.
އަދި މިއީ އިސްލާމީ އުންމަތުގެ އެންމެ މުގައްދަސް އެއް ބިނާގެ ގާނޫނީ އަދި ތާރީހީ ހައިސިއްޔަތު...</description>
މެންބަރުން ހަމަނުވުމުން ޑިމޮކްރެޓްސް އުވާލައިފި
                    <description>ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ދަ ޑިމޮކްރެޓްސް އުވާލާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކޮށްފިއެވެ.
ޑިމޮކްރަޓްސްގެ އިތުރުން  މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އުވާލައިފައެވެ. 
އެ ކޮމިޝަނުން ހާމަކުރި ގޮތުގައި އެ ދެ ޕާޓީ ސިޔާސީ ޕާޓީތަކުގެ ދަފުތަރުން އުނިކުރަން ނިންމީ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަކުރުމަށް ދިން މުއްދަތުގައި އެ...</description>
ރާއްޖޭގެ ކްރެޑިޓް ރޭޓިން ފިޗުން މަތިކޮށްފި
                    <description>ފިޗުން ރާއްޖޭގެ ރޭޓިން 'ސީސީ' އިން 'ސީސީސީ-' އަށް މިއަދު ވަނީ މަތިކޮށްފައެވެ.
ފިޗުން ހާމަކުރި ގޮތުގައި މި ބަދަލު ގެނައީ މިދިޔަ އޭޕްރިލް މަހު ދައްކަންޖެހުނު ސުކޫކް ރާއްޖެއިން ކާމިޔާބުކަމާއެކު އަދާކުރުމާ ގުޅިގެން، ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު ކުޑަވެފައިވާތީއެވެ.
އެ އިދާރާއިން ފާހަގަކުރި ގޮތުގައި ރާއްޖޭގެ ބޭރުގެ ދަރަނީގެ ތެރެއިން ބޮޑު އިންސައްތައެއް ހިއްސާކުރާ ސުކޫކް ދައްކައި ނިންމުމަކީ އިގްތިސާދީ ނުރައްކާތަކުން ސަލާމަތްވުމަށް ލިބުނު ބޮޑު ލުޔެކެވެ.
މީގެ އިތުރުން، ކުރިއަށް...</description>
ހުކުރު ދުވަހު ހައްޖުވެރިން ރާއްޖެ އަންނަން ފަށާނެ
                    <description>މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖޭން ސައުދީ އަރަބިއްޔާ އަށް ގޮސްފައި ތިބި ހައްޖުވެރިން އަންނަ ހުކުރު ދުވަހުން ފެށިގެން އަންނަން ފަށާނެއެވެ.
ހައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ ޖުމްލަ ހަތަރު ފްލައިޓެއްގައެވެ.
އެއީ ސައުދިއާ އެއާލައިންގެ ދެ ފްލައިޓާއި ގައުމީ އެއާލައިން މޯލްޑިވިއަންގެ ދެ ފްލައިޓެވެ. މި ފްލައިޓުތަކުގެ ތެރެއިން ފުރަތަމަ ފްލައިޓު މިމަހުގެ 5 ވަނަ ދުވަހު ދިވެހި ހައްޖާޖީންނާއެކު ރާއްޖެ އަންނާނެއެވެ. 
މި އަހަރުވެސް ރާއްޖެ...</description>
ލޯންޗުގައި ޖެހުނު ދޯނީގެ ކެޕްޓަންގެ ލައިސަންސް ހިފަހައްޓާ ތަހުގީގު ފަށައިފި
                    <description>އިއްޔެ ހިނގި ކަނޑުމަތީގެ ނުރައްކާތެރި ހާދިސާގައި ހިމެނޭ ސަޕްލައި ދޯނީގެ ކެޕްޓަންގެ ލައިސަންސް ފުލުހުން މިހާރު ވަނީ ހިފަހައްޓާ ތަހުގީގު ފަށައިފިއެވެ.
މި އެކްސިޑެންޓް ހިނގީ ދެ މީހުންނާއެކު ދަތުރުކުރި "ޓުއާ ގާޑް" ނަމަކަށް ކިޔާ ލޯންޗެއްގައި ސަޕްލައި ދޯނިން ޖެހިގެންނެވެ.
ލޯންޗުގައި ޖެހުމަށްފަހު ދޯނި މަޑުނުކޮށް ފިލި މައްސަލަ ފުލުހުން އަންނަނީ ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.
ފުލުހުން ހާމަކުރި ގޮތުގައި، ދޯނި ދުއްވަން ހުރި މީހާގެ ލައިސަންސް ހިފަހައްޓާފައިވާއިރު، މި ހާދިސާއާ...</description>
އަޅުގަނޑު މަޖިލީހުގެ ނައިބުގެ މަގާމަކަށް ވާދައެއްނުކުރަން: ފަލާހް
                    <description>ހުސްވެފައިވާ ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސް ކަމުގެ މަގާމަށް ވާދަ ނުކުރައްވާނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ނާއިބު ރައީސްކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަހްމަދު ނާޒިމް އިސްތިއުފާ ދެއްވުމުންނެވެ.
ނާޒިމް އިސްތިއުފާ ދެއްވީ މިއަދު އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ތައްޔާރުވެފައި ވަނިކޮށެވެ. އެ ވޯޓު ނެގުމަށް ހުށަހެޅީ ޕީއެންސީންނެވެ.
ނަން ހާމަކުރަން ބޭނުން ނުވާ ޕީއެންސީގެ މަޖިލިސް މެންބަރަކު މިއަދު "ހަތާވީސް"...</description>