އިދިކޮޅު އެމްޑީޕީ އަށް ޖޯޝާ ފޯރި އަލުން ގެނެސްދެވޭނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެއެވެ.
ކުރިޔަށް އޮތް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ނަޝީދު މިފަދައިން ވިދާޅުވީ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ފ. ދަރަނބޫދޫ އަށް ކުރެއްވި ދަތުރުފުޅެއްގައި ވާހަކަދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ އެ ވާހަކަ އަކީ އެއްވެސް ވަރަކަށް ކިބުރުވެރިވެގެން ދައްކަވާ ވާހަކައެއް ނޫން ކަމަށެވެ.
ޖޯޝާ ފޯރި އެމްޑީޕީ އަށް ގެނެސްދެވޭނީ އެމަނިކުފާނަށް ކަމަށާއި މިހާރުވެސް ރަށްރަށުން އެ މަންޒަރުތައް ފެންނަން ފަށައިފި ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ އެމަނިކުފާނަށް އެމްޑީޕީގެ ރީނދޫ ލަޝްކަރު އަލުން އަނބުރާ ރުކުރުވާލެވޭނެ ކަމަށެވެ.
"ރަށްރަށުންވެސް އެބަ ކުލަވެސް ފެނޭ ނޫންތޯ އެބަ އަޑުވެސް އިވޭނޫންތޯ މީހުންތައްވެސް އެބަ ފެނޭ ނޫންތޯ،" ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ނަޝީދު ނޫން އެހެން ރަނގަޅު އެހެން ބޭފުޅަކު ޗެއާޕާސަންގެ މަގާމަށް ހުންނެވި ކަމަށް ހުދު އެމަނިކުފާނަށް ގަބޫލުފުޅު ކުރެވުނު ނަމަ އަދި އެމަނިކުފާނާއެކު ހުންނެވި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ފެނިވަޑައިގެންނެވި ނަމަވެސް، އެ މަސައްކަތަށް ނުނިކުންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ނަޝީދާ ދެން ވާދަކުރައްވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި
އިންޑިއާއިން ރާއްޖެއަށް 20،000 ޑޯޒްގެ ހިމަބިހީގެ ވެކްސިން ހަދިޔާކޮށްފި
ދެވަނައަށް އެންމެ ބޮޑު ބްރޭކް ވޯޓާ ހެދުމުގެ މަސައްކަތް އެފްކޮންސަށް
ޝައްމާން ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތު: އިހުސާން