ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކުރުމަށްޓަކައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިބްރާހިމް މުހައްމަދު ސޯލިހާ އަދި ކުރީގެ ރައީސް ޔާމީންގެ މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުން މިއަދުގެ ވަގުތެއްގައި ބާއްވަން ނިންމައިފިއެވެ.
ރައީސް ޔާމީންގެ ޕާޓީ ޕީއެންއެފްގެ މީޑިއާ ގްރޫޕުގައި އެޕާޓީގެ މީޑިއާ ޓީމުން ރޭ ބުނެފައި ވަނީ އެ ބައްދަލުވުން މިއަދުގެ ވަގުތެއްގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް ބައްދަލުވުން ބާއްވާ ތަނެއް އަދި ބައްދަލުވުން އޮތް ވަގުތެއް ހާމައެއް ނުކުރެއެވެ.
މިއީ ރައީސް ޔާމީން އެމްޑީޕީގެ އިސް ބޭފުޅުންނާއެކު މިފަދަ ގޮތަކަށް މަޝްވަރާ ބައްދަލުވުމެއްގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ. މީގެކުރިން ރައީސް ޔާމީން މިފަދަ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންފައި 2013 ވަނަ އަހަރުއެވެ. އެ އަހަރު ބޭއްވުނު ރިޔާސީ އިންތިހާބާ ގުޅިގެން ސިޔާސީ މަސްރަހު ހަލަބޮލިވެ، އިންސާފުވެރި އަދި މިނިވަން އިންތިހާބެއް ބޭއްވުމަށްޓަކައި ޕާޓީތަކުގެ މެދުގައި މަޝްވަރާތަކެއް ކުރެވުނެވެ.
ނަމަވެސް ސިޔާސީ މަސައްކަތެއް ކުރުމުގެ ގޮތުން ޔާމީން އިސްވެ ހުންނަވައިގެން އެމްޑީޕީއާއެކު މިފަދަ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. އެހެންކަމުން މި ބައްދަލުވުމަކީ ތާރީހީ ބައްދަލުވުމަކަށް ވެގެން ދާނެއެވެ.
މިފަދަ ނިންމެވުމެއް ރައީސް ޔާމީން ނިންމެވީ ދެ ނޫސްވެރިއަކަށް ޖަލު ހުކުމެއް އައުމާ ގުޅިގެން އެކަމާ ދެކޮޅަށް އަޑުއުފުލުމަށެވެ.
މިކަމަށް އެމަނިކުފާނު އެއްބަސްވެވަޑައިގަތީ، އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް، ގައުމުގެ ހަމަޖެހުމަށްޓަކައި ތިން ރައީސުން އެކުގައި ނުކުތުމަށް ގޮވާލައްވާފައިވާ ވަގުތެއްގައެވެ.
ފައްޔާޒުގެ މި ގޮވާލެއްވުމަށް ތާއީދުކުރައްވައި ރައީސް ނަޝީދު ވެސް ވަނީ ނޫސްވެރިން ހައްޔަރުކުރުމާ ދެކޮޅަށް މިރޭ ބާއްވާ މުޒާހަރާގައި ބައިވެރިވެވަޑައިގަންނަވާނެ ކަން ހާމަކުރައްވާފައެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި
އިންޑިއާއިން ރާއްޖެއަށް 20،000 ޑޯޒްގެ ހިމަބިހީގެ ވެކްސިން ހަދިޔާކޮށްފި
ދެވަނައަށް އެންމެ ބޮޑު ބްރޭކް ވޯޓާ ހެދުމުގެ މަސައްކަތް އެފްކޮންސަށް
ޝައްމާން ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތު: އިހުސާން