ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑާ އެޓް ލާޖްކަމުގެ މަގާމަށް ތިން ބޭފުޅަކު ޢައްޔަނު ކުރައްވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިފަހުން އެ މަގާމަށް އައްޔަން ކުރެވުނު ބޭފުޅުންނަކީ އަލްފާޟިލް އާދަމް ޝަރީފު އުމަރާއި، އަލްފާޟިލް ތާރިގް އިބްރާހީމް އަދި އަލްއުސްތާޛާ ފާތިމަތު ދިޔާނާ ސައީދެވެ.
އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އައްޔަން ކުރެވެނީ ހުސްވެފައިވާ ސަފީރުންގެ މަގާމުތަކަށް އައްޔަނު ކުރެއްވުމަށް ކަނޑައެޅިފައިވާ ބޭފުޅުން ކަމަށް މުންދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެއީ އަލަށް އުފައްދަވާ މަގަމުތަކެއް ނޫން ކަމަށެވެ.
އާދަމް ޝަރީފަކީ މި ސަރުކާރުން ކުރިން އުފެއްދި ސިޓީތަކާއި ކައުންސިލްތަކާއި ބެހޭ މިނިސްޓްރީގެ ވަޒީރެވެ. ތާރިގަކީ ކުރިން އެންވަޔަރަމަންޓް މިނިސްޓަރެވެ.
މި ދެބޭފުޅުން މަގާމުން އިސްތިއުފާ ދެއްވެވީ ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ފެންނަ ނުފެންނަ އިންތިހާބަށްފަހު ރައްޔިތުންގެ ވިންދާއި އެއްގޮތަށް ސަރުކާރުގެ ކަންކަން ބަދަލުކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވާތީ އެ މަސައްކަތުގައި ރައީސަށް އެއްބާރުލުން ދެއްވުމުގެ ގޮތުންނެވެ.
ދިޔާނާ އަކީ ކުރީގެ ބަންޑާރަ ނާއިބުގެ މަގާމާއި ސާކް ސެކްރެޓަރީ ޖެނެރަލްގެ މަގާމުވެސް އަދާކުރެއްވި ބޭފުޅެކެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި
އިންޑިއާއިން ރާއްޖެއަށް 20،000 ޑޯޒްގެ ހިމަބިހީގެ ވެކްސިން ހަދިޔާކޮށްފި
ދެވަނައަށް އެންމެ ބޮޑު ބްރޭކް ވޯޓާ ހެދުމުގެ މަސައްކަތް އެފްކޮންސަށް
ޝައްމާން ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތު: އިހުސާން