ރިޔާސީ އިންތިހާބާއި ރައްޔިތުން މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނެގި ފެންނަ ނުފެންނަ ވޯޓުގައި ޕީއެންސީން ކެމްޕެއިން ކުރި ގޮތް ނޫން ގޮތަކަށް އިންތިހާބުން ބަލިވީ ކެމްޕެއިން ޓީމުތަކަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވުމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކައުންސިލު އިންތިޚާބުގައި އއ. ރަސްދުއާއި ތޮއްޑުއާއި އުކުޅަހުން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އއ. ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެހާ ސާފުކޮށް އޮތް މައްސަލައެއްގައި ރައްޔިތުންނަށް އެކަންކަން ކިޔާ ދެވިފައި ނުވާ ކަމަށެވެ.
އިންތިހާބު އެއް ދުވަހެއްގައި ބާއްވަން އަޅުގަނޑު ހުށަހެޅި ސަބަބު. އޭގައި ހުރީ ހުސް ފައިދާކަން. އެއްވެސް ގެއްލުމެއް ނެތް. އެއީ އެހާ ސާފުކޮށް ފެންނަން އޮތް ކަމެއް. ނަމަވެސް، އަޅުގަނޑުމެންނަށް އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް މިކަން ކިޔައިދޭކަށް މަސައްކަތެއް ނުކުރެވޭ،" ރައީސް ވިދާޅުވިއެވެ.
ރައްޔިތުން ގާތަށް ވޯޓު ހޯދަން ދާންވާނީ އެއް ޓީމެއްގެ ގޮތުގައި ކަމަށާއި ކާމިޔާބު ވާނީ އޭރުން ކަމަށް ރައީސް ވިދާޅުވިއެވެ. ޕީއެންސީ އަށް އެކަން ކަމަށް ސަމާލުކަން ދެވިފައި ނުވާތީ ރައްޔިތުންނާއި ހަމައަށް ދިޔައީ އިދިކޮޅުގެ ވާހަކަތައް އެކަނި ކަމަށް ރައީސް ވިދާޅުވިއެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅަށް 148،859 މީހުން ވޯޓު ދީފައިވެއެވެ. އެކަމާއި އެއްކޮޅަށް ވޯޓު ދީފައިވަނީ 67،680 މީހުންނެވެ.
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި
އިންޑިއާއިން ރާއްޖެއަށް 20،000 ޑޯޒްގެ ހިމަބިހީގެ ވެކްސިން ހަދިޔާކޮށްފި
ދެވަނައަށް އެންމެ ބޮޑު ބްރޭކް ވޯޓާ ހެދުމުގެ މަސައްކަތް އެފްކޮންސަށް
ޝައްމާން ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތު: އިހުސާން
މޯދީގެ ތާރީހީ ކާމިޔާބީއާ ގުޅިގެން ޝާހިދުގެ މަރުހަބާ