ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން މުއާޒު ހަލީމް އިސްތިއުފާ ދެއްވައިފިއެވެ.
ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުވެސް ފުރުއްވާ މުއާޒު ޕީއެންސީގެ އެސްޖީއަކަށް ހަމަޖެއްސިކަން އިއުލާންކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 13ވަނަ ދުވަހުއެވެ.
މުއާޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންސީގެ އެސްޖީގެ މަގާމުން އިސްތިއުފާ ދެއްވީ ޕާޓީގެ ހިންގުން ހަރުދަނާކކށް، ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކޮށް، ފުރިހަމަ ނަތީޖާ ހާސިލް ކުރެވޭ ޕާޓީއަކަށް ޕާޓީ ހެދުމަށް ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ ހަރުދަނާ މަސައްކަތްޕުޅުތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ބޭނުންވާތީ ކަމަށެވެ.
"ޕާޓީގެ ސެކެޓްރީޖެނެރަލްގެ މަގާމުގައި އަޅުގަނޑަށްވުރެ ފުރިހަމައަށް ވަގުތު ދެވޭނެ ބޭފުޅަކު ހުރުމަކީ މުހިންމު ކަމެއްކަމަށް ފެންނާތީ، މިއަދުން ފެށިގެން ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ސެކެޓްރީޖެނެރަލްގެ މަގާމުން އަޅުގަނޑު އިސްތިއުފާ ދީފީމެވެ،" މުއާޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު އަންނަނީ ރައްޔިތުންގެ ވިންދާއި އެއްގޮތަށް ކަންކަން ރަނގަޅު ކުރުމަށްޓަކައި އެމަނިކުފާނުގެ ސަރުކާރަށް ވެސް ބަދަލުތައް ގެންނަވަމުންނެވެ.
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި
އިންޑިއާއިން ރާއްޖެއަށް 20،000 ޑޯޒްގެ ހިމަބިހީގެ ވެކްސިން ހަދިޔާކޮށްފި
ދެވަނައަށް އެންމެ ބޮޑު ބްރޭކް ވޯޓާ ހެދުމުގެ މަސައްކަތް އެފްކޮންސަށް
ޝައްމާން ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތު: އިހުސާން
މޯދީގެ ތާރީހީ ކާމިޔާބީއާ ގުޅިގެން ޝާހިދުގެ މަރުހަބާ