މިމަހުގެ ހަތަރުވަނަ ދުވަހު ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާ ކުރުން އަންނަ މަހުގެ 17ވަނަ ދުވަހު އޮންނާނެ ކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ.
އެލްޖީއޭގެ އޮފިޝަލަކާއި ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާ ކުރާނީ މިހާރު މަގާމުގައި ތިއްބެވި ކައުންސިލަރުންގެ ދައުރު ހަމަވާ ދުވަހުއެވެ. އެއީ އަންނަ މަހުގެ 17ވަނަ ދުވަހުއެވެ.
ކައުންސިލަރުންގެ ދައުރަކީ ފަސް އަހަރު ދުވަހެވެ. ކައުންސިލަރުން ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ވަގުތު ކަނޑައަޅާނީ ފަނޑިޔާރުން ލިބެން ހުރި ގޮތަށް ބަލާފައި ކަމަށްވެސް ބުނެފައިވެއެވެ.
ކައުންސިލް އިންތިހާބާއެކު ބޭއްވި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުންނެއް ހުވައެއް ނުކުރާނެއެވެ.
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި
އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރުމަކީ ބޭނުންތެރި ކަމެއް
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި