ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ އާއި ގުޅީފަޅާއި ގިރާވަރުފަޅުން ދޫކޮށްފައިވާ ގޯތި ލިބުނު ފަރާތްތަކުން، ގޯތި ދޫކޮށްލާނަމަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހަދާ ފްލެޓުތަކަށް ކުރިމަތިލެވޭނެ ގޮތް ހަދަން ނިންމައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ގޯތި ލިބިފައިވާ ބައެއް ފަރާތްތަކަކީ ވަރަށް ނިކަމެތި ފަރާތްތައް ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް ލިބުނު ގޯތި ހެދުމުގައި ދަތިތަކާއި ކުރިމަތިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެ ފަރާތްތަކުން އެތަންތަން ހަދައި އިމާރާތްކުރުމަށް ދުވަސްވާނެތީ ވަރަށް ގިނަ ރައްޔިތުން ގޯތި ދޫކޮށްލާފައި މިހާރު އަޅަމުންދާ ފްލެޓް ކެޓަގަރީއަށް އެޕްލައިކުރުމަށް ފުރުސަތަށް އެދެމުންދާ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ފުރުސަތު އޭޕްރީލް މެދާއި ހިސާބުގައި ހުޅުވާލާނެ ކަމަށެވެ.
"މާނައަކީ މާލެ ސަރަހައްދުން ހައުސިން ސްކީމަކުން ލިބިފައިވާ ގޯތި ދޫކޮށްލުމަށްފަހު ފްލެޓް ހޯދުމަށް ފުރުސަތު ދޭން. ފްލެޓަކީ ވަރަށް ފަސޭހައިން ލިބޭނެތަނެއް އަޅާ ނިމުނީމަ. ގޯތި ޖެހެނީ އަމިއްލައަށް އިމާރާތްކުރަން،" ރައީސް ވިދާޅުވިއެވެ.
އަދި ދޫކޮށްލާ އެ ގޯތިތަކަށް ހަދާނެ ވަކި ގޮތެއް ސަރުކާރުން ނުނިންމި ނަމަވެސް އެތަންތަން ވެސް ރައްޔިތުންނަށް ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެންމެ ރަނގަޅު ގޮތަކީ ދެން އެންމެ ގިނައިން ޕޮއިންޓު ލިބުނު މީހަކަށް އެ ގޯތި ދިނުން ކަމަށާއި ނުވަތަ އަލުން ފުރުސަތު ހުޅުވާލުން ކަމަށް ރައީސް ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި
އިންޑިއާއިން ރާއްޖެއަށް 20،000 ޑޯޒްގެ ހިމަބިހީގެ ވެކްސިން ހަދިޔާކޮށްފި
ދެވަނައަށް އެންމެ ބޮޑު ބްރޭކް ވޯޓާ ހެދުމުގެ މަސައްކަތް އެފްކޮންސަށް
ޝައްމާން ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތު: އިހުސާން