ބޯހިޔާވަހިކަމުގެ މަޝްރޫޢަކުން ޖާގަލިބި ދޫކޮށްލަންޖެހޭ ބިންކޮޅު ދައުލަތަށް ދޫކޮށްލަން ނުޖެހޭގޮތަށް ބޯހިޔާވަހިކަމުގެ އުސޫލު ބަދަލުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ. ރައީސް މުއިއްޒު ވިދާޅުވީ، ބޯހިޔާވަހިކަމުގެ ސްކީމުން އެޕްލިކޭޝަން ހުށައެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށާއި އެކަން މިއަންނަ އޭޕްރިލް މަހުގެ ނިޔަލަށް ކުރިޔަށްދާނެ ކަމަށެވެ.
އަދި ބޯހިޔާވަހިކަމުގެ މަޝްރޫއުއަކުން ޖާގަލިބި ދޫކޮށްލަންޖެހޭ ބިންކޮޅާއި ބެހޭ ތަފްސީލުތައް މިއަދު ނުވަތަ މާދަމާގެ ވަގުތެއްގައި ގެޒެޓުކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، މިހާރު އޮންނަ ގޮތުން 400 އަކަފޫޓަށްވުރެ ކުޑަ ބިންކޮޅެއް އޮތިއްޔާ ދައުލަތަށް އެ ބިނާކޮޅު ދޫކޮށްލަންޖެހޭ ކަމަށެވެ. އަދި އެ އުސޫލު ބަދަލުކުރާނީ އެމީހާގެ އަނބިމީހާ ނުވަތަ ފިރިމީހާ ނޫނީ ދަރިން ނުވަތަ އެއްބަނޑު އެއްބަފާ އެމީހަކު ބޭނުންވާ މީހަކަށް ދޫކޮށްލެވޭ ގޮތަށް ކަމަށާއި ސަރުކާރަށް އެތަން ދޫކޮށްލަން ނުޖެހޭނެ ކަމަށްވެސް ރައީށް ވިދާޅުވިއެވެ.
އަދި މިދިޔަ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ފަރާތްތަކާއި މިދިޔަ ސަރުކާރުން ފެށިގެން އައިސް މި ސަރުކާރުގައި ފްލެޓް ހަވާލުކުރެވުނު ފަރާތްތަކަށްވެސް މި އުސޫލު ހިނގާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ސަރުކާރަށް ދޫކޮށްލަންޖެހޭނީ ސަރުކާރުން ދީފައިވާ ސޯޝަލް ހައުސިން ފްލެޓެއް ދޫކޮށްލާފައި ދާންޖެހޭ ހާލަތެއްގައި އެ ފްލެޓެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި
އިންޑިއާއިން ރާއްޖެއަށް 20،000 ޑޯޒްގެ ހިމަބިހީގެ ވެކްސިން ހަދިޔާކޮށްފި
ދެވަނައަށް އެންމެ ބޮޑު ބްރޭކް ވޯޓާ ހެދުމުގެ މަސައްކަތް އެފްކޮންސަށް
ޝައްމާން ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތު: އިހުސާން