މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް އިބްރާހީމް ޒިޔަތު ހަމަޖައްސައިފިއެވެ.
ޒިޔަތު ވަނީ އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް ހަމަޖެއްސުމުގެ އިތުރަށް އެ ކުންފުނީގެ ބޯޑު މެންބަރުކަމުގެ މަގާމަށް ވެސް ހަމަޖައްސައިފައެވެ.
އެމްޕީއެލް އިން ވަނީ ޒިޔަތު އެކުންފުނީގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް ހަމަޖެއްސުމާއި ގުޅިގެން މަރުހަބާ ކިޔައިފައެވެ. ޒިޔަތާއެކު އެމްޕީއެލްގައި މިވަގުތު ތިން ޑެޕިއުޓީ ސީއީއޯ އިން އެބަ ތިއްބެވެ.
ޒިޔަތަކީ އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ހައްދަވާފައިވާ ބޭފުޅެކެވެ. މީގެކުރިން އެސްޓީއޯގައި 15 އަހަރު މަސައްކަތް ކުރެއްވި ޒިޔަތަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްޓީސީސީގެ ސީއީއޯގެ މަގާމު އަދާކުރެއްވި ބޭފުޅެއްވެސްމެއެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި
އިންޑިއާއިން ރާއްޖެއަށް 20،000 ޑޯޒްގެ ހިމަބިހީގެ ވެކްސިން ހަދިޔާކޮށްފި
ދެވަނައަށް އެންމެ ބޮޑު ބްރޭކް ވޯޓާ ހެދުމުގެ މަސައްކަތް އެފްކޮންސަށް
ޝައްމާން ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތު: އިހުސާން