ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތާއީދު ކުރައްވަނީ ހަމައެކަނި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަށް އެކަނި ކަމަށް އެމަނިކުފާނު ހާމަކުރައްވައިފިއެވެ.
ޕީއެންސީގެ ޓިކެޓުގައި ހުޅުމާލެ ދެކުނު ދާއިރާ އަށް ވާދަކުރައްވާ އުބައިދުﷲގެ ކެމްޕެއިނަށް މިއަދު ބޭއްވި ދޮރުންދޮރަށް ހަރަކާތަށް ފަހު ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ތާއީދު ކުރައްވަނީ ޕީއެންސީގެ ކެންޑިޑޭޓުންނަށް އެކަނި ކަމަށެވެ.
އެކަމަކު، ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު ޣާލިބަށް ރައީސް މުއިއްޒުގެ ތާއީދު އޮތް ކަމަށް ބުނެ ވާހަކަ ދައްކާކަން އެނގިވަޑައިގެންފައިވާ ކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
"އެއީ ކަނޑައެޅިގެން ދޮގެއް. އަޅުގަނޑުގެ ތާއީދު އޮންނާނީ ޕީއެންސީގެ ކެންޑިޑޭޓަށް އެކަނި. މިނިވަންކޮށް ހުރި ބޭފުޅަކަށް ވިޔަސް އެމްޑީޕީގެ ޓިކެޓުގައި ހުންނެވި ބޭފުޅަކަށް ވިޔަސް އެއްވެސް އެހެން ޕާޓީއެއްގެ ބޭފުޅަކަށް އަޅުގަނޑުގެ ތާއީދެއް ނޯންނާނެ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓުން އެކަހަލަ ވާހަކަތައް ދައްކާނެ ކަމަށާއި އެމަނިކުފާނު ބޭނުންފުޅު ވަނީ ޕީއެންސީ އަށް ކުރިއެރުން ލިބުން ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި
އިންޑިއާއިން ރާއްޖެއަށް 20،000 ޑޯޒްގެ ހިމަބިހީގެ ވެކްސިން ހަދިޔާކޮށްފި
ދެވަނައަށް އެންމެ ބޮޑު ބްރޭކް ވޯޓާ ހެދުމުގެ މަސައްކަތް އެފްކޮންސަށް
ޝައްމާން ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތު: އިހުސާން