އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ބިންތަކަކީ އެ ގައުމުގެ "ދައުލަތުގެ މިލްކު" ކަމަށް ކަނޑައެޅުމަށް ނިންމި ނިންމުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ވަނީ އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް ހިންގާ އިސްތިއުމާރީ ވަޒަންވެރިކުރުވުމުގެ ސިޔާސަތުތަކުގެ ބައެއް ކަމުގައި ދިވެހި ސަރުކާރުން ދެކޭ ކަމަށެވެ.
އިޒްރޭލުގެ އެފަދަ ނިންމުންތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު، އަދި ސަރަހައްދީ ސުލްހައަށް އޮތް ބޮޑު ހުރަހެއް ކަމަށްވެސް ދިވެހި ސަރުކާރުގެ ބަޔާނުގައި ބުނެފައިވެއެވެ.
އިޒްރޭލުގެ އެފަދަ އަމަލުތައް ހުއްޓުވައި، ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ. ގެ ގަރާރުތައް ނެގެހެއްޓުމަށްޓަކައި، ބައިނަލްއަގުވާމީ މުޖުތަމައުން އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ދިވެހިރާއްޖެ އިން ވަނީ ގޮވާލައިފައެވެ.
އެ ބަޔާނުގައި ފަލަސްތީނުގެ ރައްޔިތުންގެ އަމިއްލަ އިހުތިޔާރުގައި ގޮތް ނިންމުމުގެ ހައްގު ހިމެނޭހެން، އެ ރައްޔިތުންގެ ގާނޫނީ ހައްގުތައް ހޯދުމަށް ކުރާ މަސައްކަތަށް ދިވެހިރާއްޖެއިން ކުރާ ތާއީދު ތަކުރާރުކޮށް، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ކުރާ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެކަމުގެ ފުރިހަމަ ޔަގީންކަން ވަނީ އަރުވައިފައެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި
އިންޑިއާއިން ރާއްޖެއަށް 20،000 ޑޯޒްގެ ހިމަބިހީގެ ވެކްސިން ހަދިޔާކޮށްފި
ދެވަނައަށް އެންމެ ބޮޑު ބްރޭކް ވޯޓާ ހެދުމުގެ މަސައްކަތް އެފްކޮންސަށް
ޝައްމާން ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތު: އިހުސާން