އިސްތިއުމާރުކޮށްފައިވާ އިރުމަތީ ގުދުސްގެ ޝެއިހް ޖައްރާހު އަވަށުގައި ހުންނަ، ފަލަސްތީނު ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދ. ގެ އެޖެންސީ (އަންރުވާ) ގެ އިމާރާތްތައް ތަޅާލުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރެއެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ އެފަދަ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު، އދ. އާއި އިންސާނީ އެހީ ފޯރުކޮށްދޭ އިދާރާތަކުގެ މަސައްކަތަށް ހުރަސްއެޅޭ އަދި ފަލަސްތީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ނިކަމެތި ހާލަތު އިތުރަށް ގޯސްވެގެންދާނެ ކަމެއް ކަމަށެވެ.
އަދި މިއީ ބައިނަލްއަގުވާމީ އަދުލު އިންސާފާ ބެހޭ ކޯޓުގެ ނިންމުންތަކާވެސް ހިލާފު އަމަލުތަކެއް ކަމަށް ދިވެހި ސަރުކާރުން ބުންޏެވެ.
ދިވެހި ސަރުކާރުން އަންރުވާ އިން، ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އެ އެޖެންސީން އަދާކުރާ މުހިންމު ދައުރަށް ދޭ ފުރިހަމަ ތާއީދު ކުރާ ކަމަށް ވެސް ބަޔާނުގައިވެއެވެ.
ބައިނަލްއަގުވާމީ މުޖުތަމައުން އެފަރާތްތަކުގެ ޒިންމާ އަދާކޮށް، އިސްރާއީލުން ބައިނަލްއަގުވާމީ ގާނޫނުތަކާ ތަކުރާރުކޮށް ހިލާފުވަމުންދާ ދިއުމަށް ޒިންމާދާރުކުރުވުމަށް އަމަލީ ފިޔަވަޅުތައް އެޅުމަށް ދިވެހިރާއްޖެ އިން ވަނީ ގޮވާލައިފައެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި
އިންޑިއާއިން ރާއްޖެއަށް 20،000 ޑޯޒްގެ ހިމަބިހީގެ ވެކްސިން ހަދިޔާކޮށްފި
ދެވަނައަށް އެންމެ ބޮޑު ބްރޭކް ވޯޓާ ހެދުމުގެ މަސައްކަތް އެފްކޮންސަށް
ޝައްމާން ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތު: އިހުސާން