މިދިޔަ އޮކްޓޫބަރު މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވަށް އިތުރު 6 މިލިއަން ޑޮލަރާއެކު ޖުމްލަ 866 މިލިއަން ޑޮލަރު އެބަހުރި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، ސެޕްޓެންބަރު މަހުގެ 25 ވަނަ ދުވަހާ ހަމައަށް ރަސްމީ ރިޒާވްގައި ހުރީ 859.5 މިލިޔަން ޑޮލަރެވެ. ނަމަވެސް އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް މި އަދަދު 866.3 މިލިޔަން ޑޮލަރަށް ވަނީ އިތުރުވެފައެވެ. މިއީ ސެޕްޓެމްބަރު މަހާއި އަަޅާ ބަލާއިރު 0.79 އިންސައްތައިގެ ކުރިއެރުމެކެވެ.
އޮކްޓޫބަރު މަހުގެ ނިޔަލަށް ބޭނުން ކުރެވޭ ރިޒާވްގައި ހުރީ 193 މިލިއަން ޑޮލަރެވެ. މި އަދަދަކީ އޭގެ ކުރީ މަހާ އަޅާބަލާއިރު ދަށް އަދަދެކެވެ. ސެޕްޓެންބަރު މަހުގެ ނިޔަލަށް ބޭނުން ކުރެވޭ ރިޒާވްގައި 194.4 މިލިޔަން ޑޮލަރު ހުރިއިރު، އޮކްޓޫބަރު މަހު މި އަދަދު މަހުން މަހަށް 1.4 އިންސައްތަ ދަށްވެފައިވެއެވެ.
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި
އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރުމަކީ ބޭނުންތެރި ކަމެއް
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި