އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުރި އިބްރާހީމް ފަޒުލް ރަޝީދު އަދި އެ ކުންފުނީގެ އައިޓީ ހެޑް އަބްދުﷲ ޝުހޫދު، އެ ކުންފުނީގެ ސާވާގައި ހުރި ލިޔުންތަކެއް ރިކަވާ ނުކުރެވޭ ގޮތަށް ޑިލީޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވުނު މައްސަލާގައި ދައުވާކުރެވޭނެ ވަރަށް އެކަން ކުރިކަމަށް ބާރުދޭނެ ހެއްކެއް ނެތް ކަމަށް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ އެ މައްސަލާގައި ޖިނާއީ ދައުވާއެއްކޮށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައިވާ ނުވާތީ، މައްސަލަ ޑިކްލައިންކޮށްފައިވާ ކަމަށެވެ.
އެ މައްސަލާގައި އިބްރާހީމް ފަޒުލް އާއި، ޝުހޫދުގެ މައްޗަށް ކުރެވުނު ތުހުމަތަކީ، ޖިނާއީ ތަހުގީގެއްގައި ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ލިޔުންތަކެއް އެޗްޑީސީގެ ސާވާގެ ތެރެއިން ޑިލީޓްކޮށްލާފައި ވާތީ، އަދުލު އިންސާފު ގާއިމްމުކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތު ކުރެއެވެ.
އެޗްޑީސީގެ އައިޓީ ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި، އެޗްޑީސީގެ ސާވާގެ ތެރެއިން އެއްވެސް ލިޔުމެއް ނުވަތަ ޑާޓާއެއް ޑިލީޓްކޮށްފައި ނުވަތަ ގެއްލިފައި ނުވާކަމަށް ބަޔާންކޮށްފައިވާ ކަމަށް ޕީޖީން ބުންޏެވެ.
އަދި ފުލުހުންގެ ތަހުގީގު ރިޕޯޓުގައި، ފަޒުލް އާއި،ޝުހޫދު، އެޗްޑީސީގެ ސާވާގެ ތެރެއިން އެއްވެސް ލިޔުމެއް ނައްތާލާފައިވާކަން ތަހުގީގަށް ހޯދިފައިނުވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށް ވެސް ޕީޖީން ބުންޏެވެ.
އެހެންކަމުން، ފަޒުލް ރަޝީދާއި ޝުހޫދުގެ މައްޗަށް ކުރެވުނު ތުހުމަތަށް ބާރުދޭ ހެއްކެއް ހޯދިފައި ނުވާ ކަމަށް އެ އޮފީހުން ބުނެއެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި
އިންޑިއާއިން ރާއްޖެއަށް 20،000 ޑޯޒްގެ ހިމަބިހީގެ ވެކްސިން ހަދިޔާކޮށްފި
ދެވަނައަށް އެންމެ ބޮޑު ބްރޭކް ވޯޓާ ހެދުމުގެ މަސައްކަތް އެފްކޮންސަށް
ޝައްމާން ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތު: އިހުސާން