ތޫފާން “ޑިޓްވާ” އާ ގުޅިގެން އަވަށްޓެރި ސްރީ ލަންކާއަށް ކުރިމަތިވެފައިވާ ވިއްސާރައިގެ ގެއްލުންތަކަށް އެހީވުމުގެ ގޮތުން، އެސްޓީއޯ ގްރޫޕުން 250،000 ރުފިޔާގެ މާލީ އެހީއެއް އެ ގައުމަށް ފޯރުކޮށްދީފިއެވެ.
މި އެހީ ހަވާލުކޮށްފައިވަނީ ދައުލަތުގެ މީޑިއާ ކަމަށްވާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އިސްނަގައިގެން ކުރިއަށްގެންދާ “ސިލޯނާއެކު ދިވެހިން” ޓެލެތޯންގެ ފަންޑަށެވެ. އެސްޓީއޯ ގްރޫޕުގެ ފަރާތުން މި ފައިސާގެ އެހީ އިއްޔެ ވަނީ ހަވާލުކޮށްފައެވެ.
މި މާލީ އެހީގައި ހިމެނެނީ އެސްޓީއޯ، އެލައިޑް އިންޝުއަރެންސް، މޯލްޑިވް ގޭސް، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އަދި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ ހިއްސާއެވެ.
“ސިލޯނާއެކު ދިވެހިން” ޓެލެތޯންގެ ފަންޑަށް މިހާތަނަށް ގިނަ ފަރާތްތަކަކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން، މިހާތަނަށް 10 މިލިއަން ރުފިޔާ އާއި 43،000 އަށްވުރެ ގިނަ ޑޮލަރު ވަނީ މި ފަންޑަށް ލިބިފައެވެ.
ސްރީލަންކާ އަށް ކުރިމަތިވެފައިވާ މި ކާރިސާއާ ގުޅިގެން ދިވެހި ސަރުކާރުން ވެސް ވަނީ ސްރީ ލަންކާއަށް އެހީގެ ގޮތުގައި 50،000 ޑޮލަރު ހަދިޔާކުރުމަށް ނިންމައިފައެވެ.
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި
އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރުމަކީ ބޭނުންތެރި ކަމެއް
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި