އައްޑޫ ސިޓީ ހިތަދޫގައި މިސްކިތަކަށް ގެއްލުން ދީފައިވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
އެ ހާދިސާ ހިނގާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. ފުލުހުންނަށް އެކަމުގެ ރިޕޯޓު ލިބިފައި ވަނީ އިއްޔެ ހަވީރު 17:40 ހާއިރުއެވެ.
ފުލުހުން ބުނީ ގެއްލުން ދިން މިސްކިތުގައިވާ ބައެއް ތަކެއްޗަށް ވެސް ގެއްލުންތަކެއް ދީފައިވާ ކަމަށެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އައްޑޫ ސިޓީގެ މިސްކިތަކަށް ގެއްލުން ދިން މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެ މައްސަލަ ބަލައި ތަހުގީގުކޮށް، ގާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މިނިސްޓްރީން މަސައްކަތް ފަށާފައިވާ ކަމަށްވެސް ބުންޏެވެ.
ގެއްލުން ދީފައި ވަނީ ހިތަދޫގެ ކޮން މިސްކިތަކަށް ކަމެއް ނޭނގެއެވެ. ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯ އިން ފެންނަނީ މިސްކިތުގައި ހުރި ގޮނޑިތަކަކަށް ގެއްލުން ދީފައިވާ މަންޒަރެވެ. އަދި ފަންކާއެއް ވެސް އެއްލާލާފައިވާ މަންޒަރު ފެނެއެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި
އިންޑިއާއިން ރާއްޖެއަށް 20،000 ޑޯޒްގެ ހިމަބިހީގެ ވެކްސިން ހަދިޔާކޮށްފި
ދެވަނައަށް އެންމެ ބޮޑު ބްރޭކް ވޯޓާ ހެދުމުގެ މަސައްކަތް އެފްކޮންސަށް
ޝައްމާން ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތު: އިހުސާން