ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އިސް މީހާ ކަމަށް ތުހުމަތުކޮށް ދައުލަތުން ދައުވާކުރާ ސ. ހުޅުދޫ ދޭލިއާގޭ އިރުފާން ތަގިއްޔުގެ މައްސަލާގައި ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އިން ރަޖިސްޓްރޭޝަން ފީ ނުދައްކާ އޮތުމުން ހައިކޯޓުން މައްސަލަ ބޭރު ކޮށްލާފައި ވާތީ އެކަން ޑިޕާޓުމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހަޅައިފިއެވެ.
އެ މައްސަލަ ހައިކޯޓުން ބޭރުކޮށްލީ ރަޖިސްޓްރޭޝަން ފީ ނުދައްކާ އޮތުމުން ރަޖިސްޓްރޭޝަން ފީ ދައްކަން އީމެއިލް މެދުވެރިކޮށް ވެސް އެންގުމުން އެ ފީ ނުދެއްކުމުން ކަމަށް ހައިކޯޓުން ބުނެއެވެ. އެކަމަކު ޕީޖީން ބުނީ އެ މައްސަލައާ ގުޅިގެން ހައިކޯޓުގެ އީމެއިލް ލިބިފައި ނުވާ ކަމަށެވެ.
ހައިކޯޓުން އީމެއިލް ކުރި ކަމަަށް ބުނާ ދުވަހުވެސް އެކޯޓުން އެކި މެއިލްތައް ޕީޖީއަށް ލިބުނު ކަމަށާއި ޖެހިގެން އައި ދުވަހުވެސް އެކި މެއިލްތައް ލިބުނު ނަމަވެސް އިރުފާން މައްސަލާގައި އެއްވެސް މެއިލެއް ނުލިބޭ ކަމަށް ޕީޖީން ބުންޏެވެ.
ޕީޖީން މިހާރު ވަނީ ހައިކޯޓު ރަޖިސްޓްރާގެ ނިންމުން ބަދަލު ކޮށްދޭން އެދި ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ.
ޕީޖީން ބުނީ އިދާރީ ކަންކަމާ ގުޅިގެން މިފަދަ ކަންކަން މެދުވެރިނުވާނެ ގޮތަށް ކަންކަން އިންތިޒާމްކޮށްދޭން ޕީޖީ އޮފީހުން ޑީޖޭއޭގައި އެދިފައިވާނެ ކަމަށެވެ.
ޑިސެމްބަރު 2020 ގައި ކަނޑުމަގުން ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް 72 ކިލޯގެ ޑްރަގް މައްސަލައިގައި އެންމެ އިސް މީހެއްގެ ގޮތުގައި ތުހުމަތު ކުރެވޭ އިރުފާން ތަގިއްޔުއަށް އުފުލާފައިވަނީ ޑައިފޯމިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި
އިންޑިއާއިން ރާއްޖެއަށް 20،000 ޑޯޒްގެ ހިމަބިހީގެ ވެކްސިން ހަދިޔާކޮށްފި
ދެވަނައަށް އެންމެ ބޮޑު ބްރޭކް ވޯޓާ ހެދުމުގެ މަސައްކަތް އެފްކޮންސަށް
ޝައްމާން ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތު: އިހުސާން