ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެ ނަމެއް މަޖިލީހަށް ފޮނުވައިފިއެވެ.
އެޗްއާރްސީއެމްގެ ދެ މެންބަރެއްގެ މަގާމު މުއްދަތު އަންނަ މަހުގެ ތެރޭގައި ހަމަވާނެއެވެ. އެއީ މިހާރު އެ ކޮމިޝަނުގެ ނާއިބު ރައީސްކަމުގެ މަގާމުގައި ހުންނެވި މުއުމިނާ ވަހީދާއި އެ ކޮމިޝަނުގެ މެންބަރުކަމުގެ މަގާމުގައި ހުންނެވި ޝިފާއަތު އަބްދުއްރައްޒާގުގެ ދައުރެވެ.
އެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން، ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ރައީސް މުއިއްޒު ވަނީ މަޖިލީހަށް ދެ ނަމެއް ފޮނުއްވައިފައެވެ.
އެއީ މުހައްމަދު ފާރިސް ތޯހާ، ހ. ސޯސަން އަދި މުހައްމަދު ޝަފީގު މަހްމޫދު، މ. ކޮޕީ އެވެ. މި ދެބޭފުޅުންގެ ނަން ދިރާސާ ކުރުމަށް ކޮމެޓީއަށް ވަނީ ފޮނުވައިފައެވެ.
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި
އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރުމަކީ ބޭނުންތެރި ކަމެއް
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި