ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަލީ ޒުހައިރު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހަމަޖައްސައިފިއެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިބްރާހިމް ފަޒުލް ރަޝީދު އިސްތިއުފާ ދެއްވުމުން، އެ މަގާމަށް އައްޔަން ކުރެއްވި މައުރޫފު ޖަމީލެވެ. އަންނަ މަހު 65 އަހަރު ފުރޭތީ މަގާމުން ރިޓަޔާ ކުރެއްވުމަށް މައުރޫފް ނިންމަވާފައި ވަނިކޮށް ކުއްލި ގޮތަކަށް މިއަދު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު ޒުހައިރު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހަމަޖެއްސެވީ މައުރޫފު އިސްތިއުފާ ދެއްވުމުންނެވެ.
އާރްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖެއްސެވި ނަޒީމް މިވަގުތު ހުންނެވީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ. އޭނާ އަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެމްއާރްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް އަދާކުރެއްވި ބޭފުޅެކެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ދެ ކުންފުނީގެ ހިންގުމަށް އެ ބަދަލުތައް ގެނައިކަން އިއުލާންކޮށްފައެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި
އިންޑިއާއިން ރާއްޖެއަށް 20،000 ޑޯޒްގެ ހިމަބިހީގެ ވެކްސިން ހަދިޔާކޮށްފި
ދެވަނައަށް އެންމެ ބޮޑު ބްރޭކް ވޯޓާ ހެދުމުގެ މަސައްކަތް އެފްކޮންސަށް
ޝައްމާން ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތު: އިހުސާން