އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިބްރާހިމް ފަޒުލް ރަޝީދު އިސްތިއުފާ ދެއްވުމުން، އެ މަގާމަށް އައްޔަން ކުރެއްވި މައުރޫފު ޖަމީލް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މައުރޫފް މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ، އޭނާ ރިޓަޔާ ކުރައްވަން ހުށަހަޅުއްވާފައި ވަނިކޮށެވެ. މަގާމުން ރިޓަޔާ ކުރައްވަން މައުރޫފް ނިންމެވީ އަންނަ މަހު އެމަނިކުފާނުގެ އުމުރުން 65 އަހަރު ފުރޭތީއެވެ.
އެޗްޑީސީގެ އޮފިޝަލަކު މިއަދު "ހަތާވީސް" އަށް ވިދާޅުވީ މައުރޫފް މަގާމުން އިސްތިއުފާ ދެއްވެވީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.
މައުރޫފަކީ ރައީސް މައުމޫންގެ ސަރުކާރުގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އެޗްޑީސީގެ އެމްޑީގެ މަގާމަށް މައުރޫފު ހަމަޖެއްސެވީ 2024ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 22ވަނަ ދުވަހުއެވެ.
މައުރޫފު އެޗްޑީސީގެ އެމްޑީގެ މަގާމުގައި ހުންނެވި ދުވަސްކޮޅު ކުރެއްވި އެންމެ ބޮޑު އެއް މަސައްކަތަކީ ހުޅުމާލޭ ރިވައިސްޑް މާސްޓަރޕްލޭނެވެ. މައުރޫފަކީ ހުޅުމާލެ އެންމެ ފުރަތަމަ ހިއްކި ދުވަސްވަރުވެސް އެކަމުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި
އިންޑިއާއިން ރާއްޖެއަށް 20،000 ޑޯޒްގެ ހިމަބިހީގެ ވެކްސިން ހަދިޔާކޮށްފި
ދެވަނައަށް އެންމެ ބޮޑު ބްރޭކް ވޯޓާ ހެދުމުގެ މަސައްކަތް އެފްކޮންސަށް
ޝައްމާން ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތު: އިހުސާން