ހުޅުމާލޭގައި މީހަކު މަގު ހުރަސް ކުރަނިކޮށް ސައިކަލެއްގައި ޖެހި އަނިޔާވެއްޖެއެވެ.
މިކަމާއި ގުޅިގެން ފުލުހުން މިއަދު ބުނީ ހުޅުމާލެ ފޭސް 1، ބަގީޗާ ހިނގުމުން އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލެއް ކަފިހި ހުރަހަކުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލަ މިއަދު މެންދުރު 14:16 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވާފައިވަނީ އެ ކެޓެގަރީގެ އުޅަނދު ދުއްވުމުގެ ލައިސެންސް އޮންނަ ބަންގްލަދޭޝަށް ނިސްބަތްވާ ފިރިހެނެކެވެ. ނަމަވެސް ފުލުހުން މިހާރު ވަނީ ސައިކަލު ޓޯކޮށްފައެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި އެ އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ 59 އަހަރުގެ ދިވެހި އަންހެނަކަށެވެ. އެމީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާއިރު، އެމީހާއަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި
އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރުމަކީ ބޭނުންތެރި ކަމެއް
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި