އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިބްރާހިމް ފަޒުލް ރަޝީދު އިސްތިއުފާ ދެއްވުމުން، އެ މަގާމަށް މިހާރު އައްޔަން ކުރައްވާފައިވާ މައުރޫފު ޖަމީލު އެ މަގާމުން ވަކިވެވަޑައިގަތުމަށް ނިންމައިފިއެވެ.
އެޗްޑީސީގެ އިސް އޮފިޝަލަކު މިއަދު "ހަތާވީސް" އަށް ވިދާޅުވީ މައުރޫފް އެޗްޑީސީގެ އެމްޑީގެ މަގާމުން ވަކިވެވަޑައިގަތުމަށް ނިންމެވީ އަންނަ މަހު އެމަނިކުފާނުގެ އުމުރުން 65 އަހަރު ފުރޭތީ ރިޓަޔާ ކުރެއްވުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެކަން ބައެއް އިސް މުވައްޒަފުންގެ ގާތުގައި މައުރޫފް ހިއްސާ ކުރައްވަވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މައުރޫފަކީ ރައީސް މައުމޫންގެ ސަރުކާރުގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އެޗްޑީސީގެ އެމްޑީގެ މަގާމަށް މައުރޫފު ހަމަޖެއްސެވީ 2024ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 22ވަނަ ދުވަހުއެވެ.
މައުރޫފު އެޗްޑީސީގެ އެމްޑީގެ މަގާމުގައި ހުންނެވި ދުވަސްކޮޅު ކުރެއްވި އެންމެ ބޮޑު އެއް މަސައްކަތަކީ ހުޅުމާލޭ ރިވައިސްޑް މާސްޓަރޕްލޭނެވެ. މައުރޫފަކީ ހުޅުމާލެ އެންމެ ފުރަތަމަ ހިއްކި ދުވަސްވަރުވެސް އެކަމުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި
އިންޑިއާއިން ރާއްޖެއަށް 20،000 ޑޯޒްގެ ހިމަބިހީގެ ވެކްސިން ހަދިޔާކޮށްފި
ދެވަނައަށް އެންމެ ބޮޑު ބްރޭކް ވޯޓާ ހެދުމުގެ މަސައްކަތް އެފްކޮންސަށް
ޝައްމާން ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތު: އިހުސާން