ރޭ ރ. ފައިނުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދެ ކުޑަކުއްޖަކާއި އިތުރު މީހަކު، ފަރުވާ އަށް މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.
އެ އެކްސިޑެންޓު ހިނގާފައި ވަނީ ކުޑަ ދެކުދިން ދުއްވި ސައިކަލެއް މަގުމަތިން ކަސްރަތަށް ހިނގަން ނިކުމެ އުޅުނު އެރަށު ސްކޫލު ޓީޗަރަކާއި ޕްރިންސިޕަލްގެ ގައިގައި ޖެހިގެންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އެކްސިޑެންޓުގައި ސައިކަލު ދުއްވި ދެ ކުދިންނަށް ވަރަށް ބޮޑަށް ވަނީ އަނިޔާ ލިބިފައެވެ. އެ ދެކުދިން އުނގޫފާރަށް ގެންގޮސް ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދިނެވެ.
އެ އެކްސިޑެންޓުގައި ޓީޗަރަށާއި ޕްރިންސިޕަލް އަށް އަނިޔާތަކެއްވިއެވެ. ނަމަވެސް މިހާރު ޕްރިންސިޕަލްގެ ހާލަތު ރަނގަޅު ކަމަށްވެއެވެ. އެކަމަކު ޓީޗަރުގެ ފަޔަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ.
އިތުރު ފަރުވާ އަށް މާލެ ގެންނަނީ ޓީޗަރުގެ އިތުރުން އެކްސިޑެންޓުގައި އަނިޔާވި ދެކުދިންނެވެ.
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި
އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރުމަކީ ބޭނުންތެރި ކަމެއް
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި