"ރާއްޖެ ޓްރާންސްޕޯޓު ލިންކް"ގެ ނަމުގައި ފަށާފައިވާ ފެރީގެ ނިޒާމު މާދަމާ ރ. އަތޮޅުގައި ފެށުމަށް ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ މާދަމާ އިން ފެށިގެން އަންނަ މަހުގެ ދެ ވަނަ ދުވަހާ ހަމައަށް އެ އަތޮޅުގެ ރައްޔިތުންނަށް ހިލޭ ދަތުރުތައް ކުރެވޭނެ ކަމަށެވެ.
އަންނަ މަހުގެ ދެވަނަ ދުވަހުން ފެށިގެން ފެރީ ޓިކެޓު ލިބޭނީ ގަނެގެން ކަމަށާއި ޓިކެޓު ލިބޭނީ އާރްޓީއެލް ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ރ. އަތޮޅަކީ ޒޯން ދޭއްގައި ހިމެނޭ އަތޮޅެކެވެ. އެ ޒޯނުގައި ހިމެނޭ ނ. އަތޮޅުގައި ވެސް އާރްޓީއެލް ފެރީގެ ހިދުމަތް މިހާރު އަންނަނީ ދެމުންނެވެ.
މި މަޝްރޫއު އަކީ 800 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. މި މަޝްރޫއު ކުރިޔަށް ގެންދަނީ ތިން ފިޔަވަށްސަކަށް ބަހާލައިގެންނެވެ.
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި
އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރުމަކީ ބޭނުންތެރި ކަމެއް
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި