ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް އަލުން ކަރަންޓު ދީފިއެވެ.
މާލެ އާއި ހުޅުމާލޭން މިއަދު މެންދުރު 12:30 ހާއިރު ވަނީ ކަރަންޓު ކެނޑިފައެވެ. އެވަގުތު ވީއައިއޭ އިން ވެސް ކަރަންޓު ކެނޑުނެވެ.
އެމްއޭސީއެލް އިން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ މިއަދު މެންދުރު 14:05ގައި އަލުން އެއާޕޯޓަށް ކަރަންޓު ދީފައިވާ ކަމަށެވެ.
މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލަ ތަހުގީގު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކަމާބެހޭ އިދާރާތަކަށް އަންގަވައިފައެވެ. ފުލުހުން ވަނީ މި މައްސަލާގައި މިހާރު ހާއްސަ ތަހުގީގެއް ވެސް ފަށައިފައެވެ.
ސްޓެލްކޯ އިން ބުނީ ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަރަންޓުގެ ހިދުމަތް ކެނޑިފައިވާ ކަމަށާއި ދިމާވި މައްސަލަ ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި
އިންޑިއާއިން ރާއްޖެއަށް 20،000 ޑޯޒްގެ ހިމަބިހީގެ ވެކްސިން ހަދިޔާކޮށްފި
ދެވަނައަށް އެންމެ ބޮޑު ބްރޭކް ވޯޓާ ހެދުމުގެ މަސައްކަތް އެފްކޮންސަށް
ޝައްމާން ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތު: އިހުސާން