ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބޯޑު މެންބަރުކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ވަހީދު، އެ މަގާމުން ވަކި ކުރައްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި މިއަދު ބުނީ، އެޗްޑީސީގެ ޑިރެކްޓަރުން ބޯޑުގެ މެންބަރު ކަމުގެ މަގާމުގައި ހުންނެވި ހއ. ފިއްލަދޫ / މަބުސްތާނުގެ މުހައްމަދު ވަހީދު މިއަދު އެ މަގާމުން ވަކި ކުރައްވާފައިވާ ކަމަށެވެ.
ވަހީދަކީ ވަގު ލިޔެކިޔުންތަކެއް ހުށަހަޅައިގެން، ހުޅުމާލެ ދެ ވަނަ ފިޔަވަހިން ހިލޭ ގޯތި ހޯދަން އުޅުނު މައްސަލަ ފެންމަތިވުމާ ގުޅިގެން، ސަސްޕެންޑުކުރި ބޯޑު މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ނަމަވެސް ފަހުން ވަހީދު ހިމެނޭހެން އެޗްޑީސީގެ ބޯޑުން ސަސްޕެންޑުކުރި ހުރިހާ މެންބަރުންގެ ސަސްޕެންޝަން އުވާލިއެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި
އިންޑިއާއިން ރާއްޖެއަށް 20،000 ޑޯޒްގެ ހިމަބިހީގެ ވެކްސިން ހަދިޔާކޮށްފި
ދެވަނައަށް އެންމެ ބޮޑު ބްރޭކް ވޯޓާ ހެދުމުގެ މަސައްކަތް އެފްކޮންސަށް
ޝައްމާން ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތު: އިހުސާން