ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ހަމްދީ އަގީލް، ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަކިކުރައްވައިފިއެވެ.
ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގައި ބަޔާން ކޮށްފައި ވަނީ ޕީސީބީއަށެވެ.
ހަމްދީ ޕީސީބީގެ ރައީސްކަމުގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ 2023ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 22ވަނަ ދުވަހުއެވެ. ހަމްދީ ވަނީ އިއްޔެ ވެސް އޭނާގެ ސޮއިއާއެކު ދެ ސާކިއުލާއެއް ނެރެފައެވެ. އެއީ ރޯދަމަހު ދޭން ޖެހޭ ރޯދަ އިނާޔަތް ފިޔަވައި އިތުރު ހަދިޔާއެއް މުވައްޒަފުންނަށް ނުދިނުމަށް އިލްތިމާސްކޮށް ނެރުނު ސާކިއުލާއަކާ ކުންފުނިތަކުގެ ހަރަދު ކުޑަ ކުރުމުގެ ގޮތުން ނެރެފައިވާ ސާކިއުލާއެކެވެ.
ޕީސީބީ ބޯޑުގެ މަސައްކަތަކީ ސަރުކާރުގެ ކުންފުނިތަކާއި އަދި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ ބޯޑަށް ސަރުކާރުން މީހުން އައްޔަންކުރުމުގައި ހަރުދަނާ އުސޫލެއް ގާއިމުކުރުމެވެ.
އަދި ދައުލަތުގެ ވިޔަފާރި ތަންތަނުގެ ތެރެއިން، ކުރިއަށް އޮތްތަނުގައި ކޯޕަރަޓައިޒްކުރަން ފެންނަ ނުވަތަ ޕްރައިވަޓައިޒްކުރުން ފެންނަ ތަންތަނުގެ ލިސްޓް ކަނޑައަޅައި، އެތަންތަން ކޯޕަރަޓައިޒް ކުރުމަށް ނުވަތަ ޕްރައިވަޓައިޒް ކުރަމުން ދާންޖެހޭނެ ގޮތް ތަރުތީބު ކުރުމާއި ރައީސުލްޖުމްހޫރިއްޔާ ހުއްދަ ހޯދުމަށްފަހު، އެކަން އެގޮތަށް ކުރަމުންދިއުމެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި
އިންޑިއާއިން ރާއްޖެއަށް 20،000 ޑޯޒްގެ ހިމަބިހީގެ ވެކްސިން ހަދިޔާކޮށްފި
ދެވަނައަށް އެންމެ ބޮޑު ބްރޭކް ވޯޓާ ހެދުމުގެ މަސައްކަތް އެފްކޮންސަށް
ޝައްމާން ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތު: އިހުސާން