މިއަހަރުގެ ރަމަޟާން މަހު އުމްރާއަށްދާ މީހުންގެ ޑެބިޓު ކާޑު ލިމިޓު ބޮޑު ކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
އެކްސްގައި ރައީސް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 1446 ވަނަ އަހަރުގެ ރަމަޟާންމަހު އުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ހައްލެއް ހަމަޖައްސައި ދިނުމުގެ ގޮތުން، ކޮންމެ އުމްރާވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަވައި ދެއްވުމަށް ބޭންކް އޮފް މޯލްޑިވްސް އަށް އަދި މަރުކަޒީ ބޭންކް، އެމްއެމްއޭ އަށް ދަންނަވާފައިވާނެ ކަމަށެވެ.
ބީއެމްއެލްގެ ޑެބިޓު ކާޑަށް މިހާރު ދީފައިވާ ލިމިޓަކީ 250 ޑޮލަރެވެ. ރަމަޟާން މަހު ރާއްޖޭން ގިނަ އަދަދެއްގެ ބަޔަކު މިފަހަކަށް އައިސް އުމްރާއަށް ދެއެވެ.
ސަރުކާރުން އަންނަނީ ބީއެމްއެލް އަށް ދިމާވެފައިވާ ޑޮލަރުގެ ތާށިކަން ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބޭރު ފައިސާ މާރު ކުރުމާއި ގުޅޭ ގަވާއިދުގެ ދަށުން، ބޭންކުތަކަށް ރިސޯޓުތަކުން ވަކި މިންވަރެއް ޖަމާ ކުރުމަށް ވަނީ ލާޒިމް ކޮށްފައެވެ.
ރައީސް މުއިއްޒު ވަނީ އެ ނިންމުމުގެ ސަބަބުން ކުރިޔަށް އޮތް ތަނުގައި ބޭންކުތަކަށް ޑޮލަރު ލިބޭ މިންވަރު އިތުރުވާނެ ކަމަށާއި އަދި އެކަމުން ރައްޔިތުންނަށް ވެސް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ވިދާޅުވެފައެވެ. މިހާރު ރާއްޖޭން ބޭރަށް ފުރާ ކޮންމެ މީހަކަށް ވެސް ބީއެމްއެލް އިން 500 ޑޮލަރު ލިބެއެވެ. ރައީސް ވަނީ އަންނަ އަހަރުން ފެށިގެން އެ އަދަދު 1000 ޑޮލަރަށް އިތުރު ކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި
އިންޑިއާއިން ރާއްޖެއަށް 20،000 ޑޯޒްގެ ހިމަބިހީގެ ވެކްސިން ހަދިޔާކޮށްފި
ދެވަނައަށް އެންމެ ބޮޑު ބްރޭކް ވޯޓާ ހެދުމުގެ މަސައްކަތް އެފްކޮންސަށް
ޝައްމާން ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތު: އިހުސާން