ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ފްލެޓުތަކުގެ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕޮލްކޯ އަށް ވަދެއްޖެއެވެ.
ޕޮލްކޯ އަކީ ފުލުހުންގެ ވެލްފެއާ ކުންފުންޏެވެ. އެ މައްސަލަ އޭސީސީން ބަލަމުން އަންނަނީ އަވަސް މައްސަލައެއްގެ ގޮތުގައެވެ.
ފުލުހުންގެ ފްލެޓުތަކަކީ 355 މިލިއަންގެ ގެއްލުމުގައި ހިންގާފައިވާ މަޝްރޫއުއެއް ކަމަށް އޮޑިޓަރު ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓެއްގައިވެއެވެ. އަދި އެ ފްލެޓުތަކަށް ޖުމްލަ 1 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
އެ މަޝްރޫއުގެ ދަށުން ވަކި ބަޔަކަށް ނާޖާއިޒު ފައިދާތަކެއް ލިބިދޭ ގޮތަށް މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
އެގޮތުން މަޝްރޫއުގެ ކޮންޓްރެކްޓަރަށް ސީދާ ފައިދާވާ ގޮތަށް އަދި ދައުލަތަށް ގެއްލުންވާ ގޮތަށް މަސައްކަތްތައް ކޮށްފައިވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުގެ ރިޕޯޓުގައިވެއެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި
އިންޑިއާއިން ރާއްޖެއަށް 20،000 ޑޯޒްގެ ހިމަބިހީގެ ވެކްސިން ހަދިޔާކޮށްފި
ދެވަނައަށް އެންމެ ބޮޑު ބްރޭކް ވޯޓާ ހެދުމުގެ މަސައްކަތް އެފްކޮންސަށް
ޝައްމާން ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތު: އިހުސާން