ޖާހު އިންވެސްޓްމަންޓުގެ ފަރާތުން ހުޅުމާލޭގައި ހިންގާ ހައުސިން މަޝްރޫއު ނުނިމި ދިގުލައިގެން ދާތީ، އެ މަސައްކަތް ނިންމުމަށް އެކި ފަހަރު މަތިން ނޯޓިސް ދިނުމުންވެސް މަސައްކަތް ނިންމާފައި ނުވާތީ އެ ކުންފުންޏާއެކު އެޗްޑީސީން ހަދާފައިވާ އެއްބަސްވުން ބާތިލް ކުރުމަށް ނޯޓިސް ފޮނުވައިފިއެވެ.
ދެހާސް ސަތާރަ ވަނަ އަހަރު ހުޅުމާލޭގައި މެދުފަންތީގެ ހައުސިން މަޝްރޫއު ހިންގުމަށް ޖާހު އިންވެސްޓްމަންޓާއި ހަވާލު ކުރެވިފައިވާ މަޝްރޫއު ނުނިމި ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.
މިގޮތަށް ނޯޓިސް ދިނުމުގެ ކުރިން، އެކި ފަހަރުމަތިން މަސައްކަތްތައް ނިންމުމަށް ގިނަ ފުރުސަތުތަކެއް އެ ކޯޕަރޭޝަނުގެ ފަރާތުން ޖާހު އިންވެސްޓްމަންޓަށް ވަނީ ދީފައެވެ.
އެޗްޑީސީން ބުނީ "ދަ ގާޑަންސް"ގެ ނަމުގައި ޖާހު ކުންފުނިން ކުރިޔަށް ގެންދާ ފްލެޓުތަކުގެ މަސައްކަތް ނިންމާފައި ނުވާތީ އެއްބަސްވުން ބާތިލް ކުރުމަށް ގާނޫނީ ނޯޓިސް އެ ކުންފުންޏަށް ފޮނުވާފައިވާ ކަމަށެވެ.
އެ ނޯޓިސްގައި ބަޔާންކުރާ މުއްދަތު ކަމަށްވާ 45 ދުވަހުގެ ތެރޭގައި އެ މަޝްރޫއުގައި ހުރި މަސައްކަތްތައް ނުނިންމާ ހާލަތުގައި، އެއްބަސްވުން ބާތިލުކޮށް އެ ފްލެޓުގެ މަސައްކަތް ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ އަތުން ނެގޭނެ ކަމަށްވެއެވެ.
ޖާހު ކުންފުނީގެ ފްލެޓްތަކުގެ މައްސަލަ ހައްލުކޮށްދިނުމަށް އެދި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ވަނީ ދާދިފަހުން ސިޓީއެއް ފޮނުވައިފައެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި
އިންޑިއާއިން ރާއްޖެއަށް 20،000 ޑޯޒްގެ ހިމަބިހީގެ ވެކްސިން ހަދިޔާކޮށްފި
ދެވަނައަށް އެންމެ ބޮޑު ބްރޭކް ވޯޓާ ހެދުމުގެ މަސައްކަތް އެފްކޮންސަށް
ޝައްމާން ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތު: އިހުސާން