އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މެންބަރުން އައްޔަން ކޮށްފިއެވެ.
އޭސީސީ އަށް އައްޔަން ކޮށްފައި ވަނީ މއ. ގޯލްޑަންމޫން / އަޙްމަދު ނާޝިދު، އަދި ރ. އަލިފުށި، ފަސާނާ / ނާޝިދުއެވެ. މި ދެ ބޭފުޅުންނަށް މަގާމުގެ ލިޔުން ހަވާލު ކުރުމުގެ ގޮތުން ރައީސް އޮފީހުގައި މިއަދު ވަނީ ރަސްމިއްޔާތެއް ބާއްވައިފައެވެ.
މއ. ގޯލްޑަންމޫން / އަޙްމަދު ނާޝިދަކީ ޕޮލިސް ބޯޑްގެ މެންބަރުކަމާއި، ކުރީގެ އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.
ރ. އަލިފުށި، ފަސާނާ / ނާޝިދަކީ އިންޑިއާގެ ރީޖަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އިން މާސްޓާ އޮފް އެޑިއުކޭޝަން (ސްކޫލް މެނޭޖްމަންޓް) ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން ނާޝިދަކީ އާސަންދަ ކުންފުނީގެ އެކި ޑިޕާޓްމަންޓުގެ މެނޭޖަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަނުކުރެއްވި ދެ ބޭފުޅުންނަކީ، ދަފުތަރު ނަންބަރު ރސ 1548 / މުހައްމަދު ޒާހިދު، އަދި ކ.ހުރާ، ރޯޒް / އަބްދުއްރަހުމާން ސަލާހް ރަޝީދެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި
އިންޑިއާއިން ރާއްޖެއަށް 20،000 ޑޯޒްގެ ހިމަބިހީގެ ވެކްސިން ހަދިޔާކޮށްފި
ދެވަނައަށް އެންމެ ބޮޑު ބްރޭކް ވޯޓާ ހެދުމުގެ މަސައްކަތް އެފްކޮންސަށް
ޝައްމާން ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތު: އިހުސާން