ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސްކަމުގެ މަގާމަށް ސަފާ ޝަފީގް އިންތިހާބުކޮށްފިއެވެ.
ސަފާ އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައެވެ. އެ ކޮމިޝަނުގެ ރައީސް ކަމުގެ މަގާމުގައި ކުރިން ހުންނެވީ މަރިޔަމް ވަހީދާއެވެ. އޭނާގެ ދައުރު މިހާރު ވަނީ ހަމަވެފައެވެ.
ސަފާ ބްރޯޑްކޮމްގެ މެންބަރު ކަމުގެ މަގާމަށް އައްޔަން ކުރެއްވީ 2023ވަނަ އަހަރުގެ ސެޕްޓެމްބަރުގައެވެ.
ބްރޯޑްކޮމްގެ ރައީސްކަމުގެ މަގާމަށް ސަފާ އިންތިހާބުކުރިއިރު އެ ކޮމިޝަނުގެ ހުސްވެފައިވާ ދެ މެންބަރުކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުން ދާދިފަހުން ވަނީ ދެ ބޭފުޅަކު އައްޔަން ކުރަން ފާސްކޮށްފައެވެ.
އެ ދެ ބޭފުޅުންނަކީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމާ އަދި ބްރޯޑްކޮމްގެ ކުރީގެ މެންބަރު އާމިނަތު ސަރާހަތު އިއްޒަތު ސިދުގީއެވެ.
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި
އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރުމަކީ ބޭނުންތެރި ކަމެއް
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި