އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އަލަށް އައްޔަން ކުރާ މެންބަރުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ޗުއްޓީގައި މިވަގުތު އޮތް ރައްޔިތުން މަޖިލީހުން ދައުރުން ބޭރުން މިއަދު ޖަލްސާއެއް ވަނީ ބާއްވައިފައެވެ. އެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅު އިއްވިއެވެ.
ރައީސް މުއިއްޒު ފޮނުއްވި ސިޓީފުޅުގައި އޮތް ދެ ނަން:
- އަހްމަދު ނާޝިދު / މއ. ގޯލްޑަން މޫން
- އާސިޔާ އަޒީމާ / ރޯޒްވިލާ، ރ . ހުޅުދުއްފާރު
މި ދެ ނަމުގެ ތެރެއިން ނާޝިދަކީ 2021ވަނަ އަހަރުން ފެށިގެން ފުލުހުންގެ ބޯޑުގައި އިންނެވި ބޭފުޅެކެވެ. އެ ބޯޑުން ނާޝިދު ވަކިކުރީ މި ސަރުކާރުންނެވެ.
އާސިޔާ އަކީ ކުރިން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނާއިބު ރައީސް ކަމުގެ މަގާމާއި މަޖިލީހުގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ.
މި ދެ ބޭފުޅުންނަށް ރުހުން ހޯދުމުގެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީއަށް ފޮނުވައިފައެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި
އިންޑިއާއިން ރާއްޖެއަށް 20،000 ޑޯޒްގެ ހިމަބިހީގެ ވެކްސިން ހަދިޔާކޮށްފި
ދެވަނައަށް އެންމެ ބޮޑު ބްރޭކް ވޯޓާ ހެދުމުގެ މަސައްކަތް އެފްކޮންސަށް
ޝައްމާން ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތު: އިހުސާން