މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މުވައްޒަފުންތަކެއްގެ މައްޗަށް ތުހުމަތު ކުރެވޭ 400 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ ކަސްޓަމްސް މުވައްޒަފުންތަކަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިން އާއި ހިޔާނާތާއި އަދި ރިޝްވަތުގެ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން، މިދިޔަ އަހަރުގެ އޮގަސްޓް 19 ވަނަ ދުވަހު ދުވަހު އެ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށެވެ.
ނަމަވެސް އެ މައްސަލައިގެ ތަހުގީގު މިހާތަނަށް ނިންމާފައެއް ނުވެއެވެ. އަދި އެ ތުހުމަތުތައް ކުރެވޭ އެއްވެސް މުވައްޒަފަކަށް ފިޔަވަޅުވެސް އަޅާފައެއް ނުވެއެވެ.
ހިޔާނާތުގެ މި އަމަލުތައް ހިންގާފައި ވަނީ އިމްޕޯޓު ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ނެގުމުގެ ތެރޭގައެވެ. މިކަމުގައި ރިޝްވަތުގެ އަމަލުތައް ހިމެނޭތީ ކަސްޓަމްސްގެ ތިން މުވައްޒަފެއްގެ މައްސަލަތައް ފުލުހުން އަންނަނީ ބަލަމުންނެވެ. ނަމަވެސް އެކަމުގައި އެ އަދަދަށްވުރެ ގިނަ މުވައްޒަފުން ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.
އެ މައްސަލާގައި ރައްޔިތުން މަޖިލީހުގެ 241 ކޮމެޓީގެ ބައްދަލުވުންތަކެއް ބާއްވާ ކަމާ ގުޅުންހުރި އިދާރާތައް ކޮމެޓީއަށް ހާޒިރުވެސް ކޮށްފައިވާ ކަމަށްވެއެވެ.
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި
އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރުމަކީ ބޭނުންތެރި ކަމެއް
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި
އިންޑިއާއިން ރާއްޖެއަށް 20،000 ޑޯޒްގެ ހިމަބިހީގެ ވެކްސިން ހަދިޔާކޮށްފި