އިސްދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހަމީދުގެ ކުންފުންޏަކަށް ގިނަ އަދަދެއްގެ ފައިސާ ދިން މައްސަލައިގެ ތަހުގީގު އަވަސް ކުރުމަށް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން ތަހުގީގީ އިދާރާތަކަށް އަންގައިފިއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ އަލީ ހަމީދުގެ މަސްލަހަތު އޮންނަ ކުންފުންޏެއް ކަމަށްވާ ނޯތު ކޯސްޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ހަވާލުކޮށްފައިވާ ޕްރޮޖެކްޓަކާ ގުޅިގެން، 2023 ވަނަ އަހަރު 44 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ބަލައި، ފުލުހުންގެ ސަމާލުކަމަށް އެކަން ގެނެސްފައިވާ ކަމަށެވެ.
އެ މައްސަލައަކީ ދިވެހި ދައުލަތާއި، ރައްޔިތުންގެ އާއްމު މަސްލަހަތު މަތީ ދަރަޖައަކަށް އޮތް ހައްސާސް މައްސަލައެއް ކަމަށް ފެންނާތީ، އެ މައްސަލައަށް އިތުރު ސަމާލުކަމެއް ދެއްވައި، މައްސަލައަށް ހާއްސަ ތަހުގީގު ޓީމެއް އެކުލަވާލައި، އަވަސް މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ޕީޖީން ވަނީ ފުލުހުންގެ ހިދުމަތުގައި އެދިފައެވެ.
އެ މައްސަލައިގައި ހިމެނޭ ފަރާތްތަކާ ގުޅޭ އެ ބާވަތުގެ އިތުރު ޕްރޮޖެކްޓެއްވާ ނަމަ އެކަންކަންވެސް އެ މައްސަލައިގެ ތެރެއިން ތަހުގީގު ކުރެއްވުމަށް ޕީޖީން ވަނީ އަންގައިފައެވެ.
އަލީ ހަމީދަކީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވުމަށްފަހު، ސަރުކާރު ބަދަލުވުމުން ޕީއެންސީ އަށް ގުޅިވަޑައިގެންނެވި މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި
އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރުމަކީ ބޭނުންތެރި ކަމެއް
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި