"ގޯތި ވައްކަމުގެ" މައްސަލަ ފެންމަތިވުމާ ގުޅިގެން މަގާމުން ސަސްޕެންޑްކޮށްފައި ވަނިކޮށް، އެޗްޑީސީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި އިބްރާހިމް ފަޒުލް ރަޝީދު ދިރިއުޅޭ ގެ ބަލައިފާސްކޮށް، ބައެއް ތަކެތި ފުލުހުން ގެންގޮސްފިއެވެ.
ފުލުހުން ބުނީ އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ކަމަށެވެ.
"ބަލައިފާސްކޮށް ތަހުގީގަށް ބޭނުންވާ ބައެއް ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި. އޭގެ ތެރޭގައި ބައެއް އިލެކްޓްރޯނިކް ސާމާނު ހިމެނޭ،" ފުލުހުން މީޑިއާ ގްރޫޕުގައި ބުނެފައިވެއެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މިދިޔަ ހޮނިހިރު ދުވަހު ފަޒުލް އިސްތިއުފާ ދެއްވުމުން، އެ މަގާމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރުކަން ކުރިން ކުރެއްވި މަޝްހޫރު އާކިޓެކްޓް މުހައްމަދު މައުރޫފް ޖަމީލު ވަނީ އައްޔަން ކުރައްވާފައެވެ.
ފަޒުލް އިސްތިއުފާ ދެއްވި ސިޓީގައި ވިދާޅުވެފައި ވަނީ ބިންވެރިޔާ ސްކީމާ ގުޅިގެން ކުންފުންޏަށް އަމާޒުވެފައިވާ ތުހުމަތުތަކަކީ ކުންފުންޏާ އެއްވެސް ގުޅުމެއް ހުރި ކަންތައްތަކެއް ނޫން ކަމަށެވެ.
ފަޒުލްގެ ބޭބެ، އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޒީލް ރަޝީދު ވަނީ ހުޅުމާލެ ދެ ވަނަ ފިޔަވަހިން ގޯއްޗެއް ހޯދުމަށް ފޯޖުކޮށްފައިވާ ލިޔުންތަކެއް އެޗްޑީސީއަށް ހުށަހަޅައި، ގޯއްޗެއް ހޯދުމަށް މަސައްކަތްކޮށްފައެވެ. އެއް ގޯއްޗަކަށް އެކަކަށް ވުރެ ގިނަ މީހުން ހުށަހަޅާފައިވުމުން، އެޗްޑީސީން ވަނީ އެ މައްސަލަ ހައުސިން މިނިސްޓްރީއަށް ހުށަހަޅާފައެވެ. ނަމަވެސް ފޯޖުކޮށްފައިވާ އެ ލިޔުންތަކާ ގުޅޭ މައްސަލަ މިއަހަރުގެ ޖޫން މަހު އެޗްޑީސީއަށް ފާހަގަވި ކަމަށް ފަޒުލް ވިދާޅުވިއިރު، އެ މައްސަލަ އޭނާ ފުލުހަށް ހުށަހަޅާފައެއް ވެސް ނުވެއެވެ.
"ގޯތި ވައްކަން" ފުލުހުން ތަހުގީގު ކުރަން ފެށީ ސޯޝަލް މީޑިއާ މެދުވެރިކޮށް، އެ މައްސަލަ ފެންމަތިވުމުންނެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި
އިންޑިއާއިން ރާއްޖެއަށް 20،000 ޑޯޒްގެ ހިމަބިހީގެ ވެކްސިން ހަދިޔާކޮށްފި
ދެވަނައަށް އެންމެ ބޮޑު ބްރޭކް ވޯޓާ ހެދުމުގެ މަސައްކަތް އެފްކޮންސަށް
ޝައްމާން ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތު: އިހުސާން