ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ތެރެއިން ލެޕްޓޮޕްތަކެއް ވަގަށް ނަގައިފިއެވެ.
ފުލުހުން މިރޭ ބުނީ އެޗްޑީސީގެ ތެރެއިން ފަސް ލެޕްޓޮޕެއް ވަގަށް ނެގި މައްސަލައެއް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށްވެސް ބުންޏެވެ. ފުލުހުންގެ ތަރުޖަމާން އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ އެޗްޑީސީގެ ފަރާތުން ކަމަށެވެ.
އެ ލެޕްޓޮޕްތަކަކީ ފަރުކޮޅުފުށީގައި ހުންނަ އެޗްޑީސީގެ ޕްރޮޖެކްޓް އޮފީހުގައި ހުރި ލެޕްޓޮޕްތަކެއް ކަމަށާއި އަދި އެ މައްސަލައިގެ ތުހުމަތު ކުރެވޭ ފަރާތް މިވަގުތު ހުރީ، މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންގެ ހައްޔަރުގައި ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ލެޕްޓޮޕްތައް އަދިވެސް ނުފެންނަ ކަމަށެވެ. ނަމަވެސް ތުހުމަތު ކުރެވޭ ފަރާތުން ފުލުހުންނަށް އެއްބާރުލުން ދެމުން އަންނަ ކަމަށް ޝިފާން ވިދާޅުވިއެވެ.
އެޗްޑީސީގެ ތެރެއިން ފަސް ލެޕްޓޮޕެއް ގެއްލިފައިވާ މައްސަލަ ފުލުހުން ބަލަމުން އަންނައިރު އެ ކުންފުނީގެ ތެރެއިން ވަގު ލިޔުންތަކެއް ހުށަހަޅައިގެން ގޯތި ހޯދި މައްސަލައެއް ވެސް ފުލުހުން އަންނަނީ ބަލަމުންނެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި
އިންޑިއާއިން ރާއްޖެއަށް 20،000 ޑޯޒްގެ ހިމަބިހީގެ ވެކްސިން ހަދިޔާކޮށްފި
ދެވަނައަށް އެންމެ ބޮޑު ބްރޭކް ވޯޓާ ހެދުމުގެ މަސައްކަތް އެފްކޮންސަށް
ޝައްމާން ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތު: އިހުސާން