ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި، އަދި ރައްޔިތުންނަށް ދަތިވާ ކަންކަން ހައްލު ކޮށަދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކަނޑައަޅުއްވާ ސިޔާސަތުތައް ތަންފީޒުކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ދޭ އެއްބާރުލުމަށް ދިވެހި ސަރުކާރުން ޝުކުރު އަދާކޮށްފިއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 24ވަނަ ދުވަހު، ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތީން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބީއެމްއެލްގެ ވިސާ ޑެބިޓު އަދި ކްރެޑިޓު ކާޑުން ބޭނުން ކުރެވޭ 750 1200 ޑޮލަރަށް ބަދަލު ކުރުމަށް ނިންމައިފައެވެ. އަދި ބީއެމްއެލް އިން ވަނީ އެ ނިންމުން މިއަދު ތަންފީޒު ކުރަން ފަށައިފައެވެ.
"ނިންމެވުމަކީ، އެ ކުދީންނަށާއި އެ ކުދީންގެ ޢާއިލާތަކަށް ލިބޭ ވަރަށް ބޮޑު ފަސޭހައަކަށް ވާނެ" ސަރުކާރުގެ ބަޔާނުގައިވެއެވެ.
ދިވެހި ގައުމުގެ ތަރައްގީ އާއި އަދި ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދީ، މާލީ މުޢާމަލާތްތައް ފަސޭހަކޮށްދިނުމުގައި ބޭންކް އޮފް މޯލްޑިވްސްގެ ދައުރު ފުޅާކުރުމަށް ސަރުކާރުން އަބަދުވެސް ވާގިވެރިވަމުން ދާނެކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.
އަދި ދައުލަތުގެ ހަރަދުތައް ކުޑަކޮށް، ދަރަނި ކުޑަކޮށް، ދައުލަތަށް ލިބޭ އާމުދަނީގެ މަންފާ ރައްޔިތުންނަށް އިތުރުވަމުންދާނެ ތިޔާގި ދުވަސްތަކެއް ޤައުމަށް ހޯދައިދިނުމަށް ސަރުކާރުން އަޅަން ފަށާފައިވާ އިޞްލާޙީ ފިޔަވަޅުތައް ހަރުދަނާކަންމަތީ ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް އިސްކަން ދެމުން ގެންދާނެ ކަމަށްވެސް ސަރުކާރުން ބުންޏެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި
އިންޑިއާއިން ރާއްޖެއަށް 20،000 ޑޯޒްގެ ހިމަބިހީގެ ވެކްސިން ހަދިޔާކޮށްފި
ދެވަނައަށް އެންމެ ބޮޑު ބްރޭކް ވޯޓާ ހެދުމުގެ މަސައްކަތް އެފްކޮންސަށް
ޝައްމާން ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތު: އިހުސާން