މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ކޮންމެ މުވައްޒަފަކަށް ބޯނަހުގެ ގޮތުގައި 25،000 ރުފިޔާ ދިނުމަށް އެކުންފުނިން ނިންމައިފިއެވެ.
އެމްއޭސީއެލްގައި ހަތަރުހާހަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެއެވެ. އެހެންކަމުން ބޯނަހުގެ ގޮތުގައި މުޅި ޖުމްލަ 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވެއެވެ.
ދެހާސް ބާވީސްވަނަ އަހަރަށްވުރެ 2023ވަނަ އަހަރު އެމްއޭސީއެލް އަށް ލިބުނު ފައިދާ 20 ޕަސެންޓު ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރު އެކުންފުންޏަށް 1.1 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
ރާއްޖޭގެ އިގްތިސޯދީ ހާލަތު ހުރި ގޮތުން ހަރަދު ކުޑަ ކުރުމަށް ސަރުކާރުން ނިންމި ނިންމުމަށް ތާއީދުކޮށް އެމްއޭސީއެލް އިން ވަނީ ހަރަދު ކުރުމަށްޓަކައި ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ. ނަމަވެސް އެއްވެސް މުވައްޒަފެއްގެ މުސާރަ އިން އެއްވެސް ބައެއް އުނި ނުކުރާނެ ކަމަށާއި އެއްވެސް މުވައްޒަފަކު ވެސް ވަކި ނުކުރާނެ ކަމަށް އެކުންފުނިން މީގެކުރިން ބުނެފައިވެއެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި
އިންޑިއާއިން ރާއްޖެއަށް 20،000 ޑޯޒްގެ ހިމަބިހީގެ ވެކްސިން ހަދިޔާކޮށްފި
ދެވަނައަށް އެންމެ ބޮޑު ބްރޭކް ވޯޓާ ހެދުމުގެ މަސައްކަތް އެފްކޮންސަށް
ޝައްމާން ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތު: އިހުސާން