ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗެއާޕާސަންގެ މަގާމަށް ރައީސް އޮފީހުގެ ކެބިނެޓް ސެކްރެޓަރީ އަހްމަދު އަލީއާއެކު އެ ބޭންކުންގެ ބޯޑަށް ތިން ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފިއެވެ.
ބީއެމްއެލް އިން ވަނީ މިއަދު އެބޭންކުގެ އެކްސްޓާ އޯޑިނަރީ ޖެނެރަލް މީޓިން (އީޖީއެމް) ބާއްވައިފައެވެ. އަހުމަދު އަލީގެ އިތުރުން ދެން އެ ބޯޑަށް އައްޔަން ކުރައްވާފައި ވަނީ މުހައްމަދު ޝާހިދާއި އަލީ އިރުފާނެވެ.
މީގެތެރޭގައި ހިމެނިވަޑައިގަންނަވާ ޝާހިދު އަކީ ޕެންޝަން އޮފީހުގެ ކުރީގެ ސީއެފްއޯގެ މަގާމު ފުރުއްވި ބޭފުޅެކެވެ. އިރުފާނަކީ ވެސް އެކައުންޓިން އަދި ފައިނޭންސިން ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ.
މިއަދު އައްޔަން ކުރެއްވި ބޭފުޅުންނާއެކު ބީއެމްއެލްގެ ބޯޑުގައި ޖުމްލަ 9 ބޭފުޅަކު ތިއްބަވައެވެ.
ސަރުކާރުން ވަނީ ކުންފުނިތަކުގެ ބޯޑަށް މެނޭޖިން ޑިރެކްޓަރުންނާއި ޑިރެކްޓަރުންނާއި އައްޔަން ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ކުރުކުރަން ކުންފުނިތަކާ ބެހޭ ގާނޫނަށް އިސްލާހު ވެސް ގެނެސްފައެވެ. މީގެއިތުރުން ބޭންކްތަކާއި މާލީ އިދާރާތަކުގެ ބޯޑުތަކަށް ސިޔާސީ ބޭފުޅުން އައްޔަން ކުރެވޭ ގޮތަށް ބޭންކުތަކާއި މާލީ އިދާރާތަކުގެ ކޯޕަރޭޓް ގަވާނަންސް ގަވާއިދަށް ވެސް ދާދިފަހަކުން ވަނީ އިސްލާހު ގެނެސްފައެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި
އިންޑިއާއިން ރާއްޖެއަށް 20،000 ޑޯޒްގެ ހިމަބިހީގެ ވެކްސިން ހަދިޔާކޮށްފި
ދެވަނައަށް އެންމެ ބޮޑު ބްރޭކް ވޯޓާ ހެދުމުގެ މަސައްކަތް އެފްކޮންސަށް
ޝައްމާން ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތު: އިހުސާން