ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ހިންގުމަށް ބަދަލުތަކެއް ގެނައުމަށް ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވައިފިއެވެ.
ކޮންމެ ހަފްތާއެއްގެ އާދީއްތަ ދުވަހު ބާއްވާ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް އޮފީހުން އާންމު ކުރި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކުރު ވީޑިއޯއެއްގައި އެމަނިކުފާނު ވިދާޅުވީ ސްޓޭޓް އޯން އެންޓަޕްރައިޒް (އެސްއޯއީ)ތަކުގެ ހިންގުމަށް ބަދަލު ގެނައުމަށް މިއަދު ބާއްވާ ވަޒީރުންގެ މަޖިލީހަށް އެޖެންޑާކޮށްފައިވާ ކަމަށެވެ.
ކުންފުނިތަކަށް ގެންނަ ބަދަލުތައް:
- ރީޖަނަލް އެއާޕޯޓްސް ކޮންޕެނީ، އެމްއޭސީއެލްގެ ދަށަށް
- ފަހި ދިރިއުޅުން ކޯޕަރޭޝަން، އެޗްޑީސީގެ ދަށަށް
- ފަންޑު މެނޭޖުމަންޓް ކޯޕަރޭޝަން، ބީސީސީގެ ދަށަށް
"އެމްއޭސީއެލް އާއި ރީޖަނަލް އެއާޕޯޓްސް އެކީގައި ހިންގޭނެ ގޮތްތަކެއް މަޝްވަރާކުރުން އެބަ އޮތް. އޭގެ ސަބަބުން ވާނެ ފައިދާތައް ގިނަގުނަ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިންވެންސްޓަރ ރެސިޑެންސީ ޕްރޮގްރާމެއް ތައާރަފް ކުރުމަށް ވަޒީރުންގެ މަޖިލީހުން މިއަދު މަޝްވަރާ ކުރާނެ ކަމަށެވެ. އިގްތިސާދު ޑައިވަސިފަ ކުރުމަށް ސިންގަޕޫރު، ދުބާއީ ފަދަ ތަންތަނުގައި އެގޮތަށް އަމަލު ކުރާ ކަމަށް ރައީސް ވިދާޅުވިއެވެ.
މިދިޔަ އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުން ވަނީ ފެނަކަ ކޯޕަރޭޝަން އެސްޓީއޯގެ ދަށަށް ބަދަލުކުރުމަށް ނިންމާފައެވެ. އެ ނިންމުމާ އެކު، އަންނަ އަހަރުން ފެށިގެން ފެނަކަ ހިންގާނީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ގޮތަށެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި
އިންޑިއާއިން ރާއްޖެއަށް 20،000 ޑޯޒްގެ ހިމަބިހީގެ ވެކްސިން ހަދިޔާކޮށްފި
ދެވަނައަށް އެންމެ ބޮޑު ބްރޭކް ވޯޓާ ހެދުމުގެ މަސައްކަތް އެފްކޮންސަށް
ޝައްމާން ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތު: އިހުސާން