ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް، މުހައްމަދު ނިމާލް އައްޔަން ކުރައްވައިފިއެވެ.
އޭނާ އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ކުރިން އެ މަގާމުގައި ހުންނެވި ޑރ. މަރިޔަމް ޒުލްފާ އެ މަގާމުން އިއްޔެ ވަކި ކުރައްވަވާފައެވެ. ޒުލްފާ ވަނީ ފޮރިން މިނިސްޓްރީ އަށް ބަދަލު ކުރައްވަވާފައެވެ.
ނިމާލް މިއަދު އެ މަގާމަށް އައްޔަން ކުރެއްވީ އެކަމަށްޓަކައި ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައެވެ. މަގާމުގެ ލިޔުން ނިމާލާ ހަވާލު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
މީގެ ކުރިން ނިމާލް ވަނީ މާލެ އަތޮޅު، އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމު އަދާކުރައްވާފައެވެ. އަދި ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ މިނިސްޓާ ކައުންސެލަރު މަގާމާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުވެސް ނިމާލު އަދާކުރައްވާފައިވެއެވެ.
މީގެ އިތުރުންވެސް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމާއި، ޓޫރިޒަމް މިނިސްޓްރީގެ ނައިބުގެ މަގާމުވެސް ނިމާލް ވަނީ ފުރުއްވާފައެވެ.
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި
އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރުމަކީ ބޭނުންތެރި ކަމެއް
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި
މިހާރު ކަރެކްޝަންބޮޑުމީހަކަށްވިޔާ މަތީވަޒީފާލިބޭނެ
އިއްބެސިޔާސީ މަގާމުތައް އިތުރު ވުމަކީ ހައްލެއްނޫން
އަދުރޭ