ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯގެ މަގާމުން ޑރ. މަރިޔަމް ޒުލްފާ ވަކި ކުރައްވާ ފޮރިން މިނިސްޓްރީ އަށް އޭނާ ބަދަލުކުރައްވައިފިއެވެ.
މިކަމާއި ގުޅޭ ގޮތުން ޒުލްފާގެ ބަހެއް ހޯދާލުމަށް "ހަތާވީސް" އިން ޒުލްފާ އަށް ގުޅާލުމުން ފޯނު ނުނަންގަވާތީ ޒުލްފާގެ ބަހެއް ވަނީ ނުލިބިފައެވެ. ނަމަވެސް ބައެއް މީޑިއާތަކަށް ޒުލްފާ ދެއްވާފައިވާ އިންޓަވިއުއެއްގައި ވިދާޅުވީ އެލްޖީއޭގައި އޭނާ ހުންނެވި މަގާމުން ވަކި ކުރައްވާ ފޮރިން މިނިސްޓްރީ އަށް ބަދަލުކުރެއްވި ސަބަބު އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އެހެންނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާ ކޮންމެ ނިންމެވުމަކަށް އިހްތިރާމް ކުރައްވަވާނެ ކަމަށް ޒުލްފާ ވިދާޅުވިއެވެ.
ޒުލްފާ ވަނީ އޭނާ އަށް މަގާމު ދެއްވާފައި ވަނީ، ރައީސް މުއިއްޒު މީގެކުރިން ވިދާޅުވެފައިވާ ގޮތަށް މަތީ ތައުލީމު ހާސިލުކޮށްގެން އަދި ތަޖުރިބާ ހުންނެވި ބޭފުޅުންނަށް ސަރުކާރުން މަރުހަބާ ދަންނަވާނެ ކަމަށް ވިދާޅުވެފައި ވާތީ، އެގޮތުގެ މަތީން ރައީސަށް ސިޓީ ހުށަހަޅުއްވައިގެން ގައުމަށް ހިދުމަތް ކުރައްވަން ބޭނުންފުޅުވާތީ ކަމަށެވެ.
ޒުލްފާ އެލްޖީއޭގެ ސީއީއޯގެ މަގާމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 26ވަނަ ދުވަހުއެވެ.
މީގެ ކުރިން ޒުލްފާ ވަނީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުވެސް ފުރުއްވާފައެވެ. އަދި އެލްޖީއޭގެ ސީއީއޯގެ މަގާމަށް އައްޔަނު ކުރެއްވުމާ ހަމައަށް ހުންނެވީ އޮސްޓްރޭލިއާގެ މެލްބަންގެ ޑިޕާޓްމަންޓް އޮފް އެނާޖީ، އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް އެކްޝަންގެ ނޭޝަނަލް ޕާކްސް އެޑްވައިޒަރީ ކައުންސިލްގެ ބޯޑު މެމްބަރެއްގެ ގޮތުގައެވެ.
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި
އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރުމަކީ ބޭނުންތެރި ކަމެއް
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި